އިސްމާއީލް ރަޝީދު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ އާ އިމާރާތުގެ ބިންގާ އެމްއެމްއޭގެ ބޯޑް މެމްބަރު އަދި މިނިސްޓަރު އޮފް ފޮރިންއެފެއާޒް އަޅުއްވައިދެއްވައިފި އެވެ.
އެމް.އެމް.އޭގެ ނުވަ ބުރި އިމާރާތުގެ ބިންގާ ފަތުހުﷲ ޖަމީލު އަޅުއްވައިދެއްވީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ކުރިން އެމްއެމްއޭ ހުރި ތާނގައި ހަދާ އިމާރާތް ބިންގާ އަޅުއްވައިދެއްވުމަށް ފަހު ފަތުހުﷲ ވިދާޅުވީ އާ އިމާރާތުގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ފަދަ އިމާރާތެއްގެ ބޭނުން ބޮޑު ނަމަވެސް، ކަމުގެ ބޮޑުކަމުން ގިނަ ދުވަސް ނެގީ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެމްއޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަދި ފިނޭންސް މިނިސްޓަރު މުހައްމަދު ޖަމީލު ވިދާޅުވީ އާ އިމާރާތުގެ ސަބަބުން ލިބޭ ފަސޭހަތަކާ އެކު އެ ތަނުން ދެއްވާ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ތަރައްގީކުރަން ޖެހޭ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުން ވެސް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ދިނުމަށް ހަރަކާތްތެރިވުމަށް ޖަލީލު އެދިވަޑައިގެންނެވި އެވެ.
މި އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 54.5 މިލިއަން ރުފިޔާ އަށް އަމީން ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ އިމާރާތުގެ މަސައްކަތް 21 މަސް ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.
އެމް.އެމް.އޭގެ އާ އިމާރާތުގެ ބިންގާ އެމްއެމްއޭގެ ބޯޑް މެމްބަރު އަދި މިނިސްޓަރު އޮފް ފޮރިންއެފެއާޒް އަޅުއްވައި ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ