އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ޖެނެރަލް ސެކްރެޓަރީއާ ރައީސް މައުމޫން ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި މިހާރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބާރަތިޔަ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ ނެޝަނަލް ޖެނެރަލް ސެކްރެޓަރީ ރާމް މަދާވް އާއި ބައްދަލުކުރައްވައިފި އެވެ.
ޕީޕީއެމް އިން ހާމަކުރާގޮތުގައި ސިންގަޕޫރުގައި ސެޕްޓެމްބަރު އެކަކުން އިން ދެއަކަށް އޮތް އިންޑިއަން އޯޝަން ކޮންފަރެންސް 2016ގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން އުޅުއްވާ ރާމް މަދާވް އާއެކު ރައީސް މައުމުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޕާޓީގެ ގުޅުން ބަދހިކުރުމާއި ގުލޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
“އެ ބައްދަލުކުރެއްވުމުގައި ރާމް މަދާވް ވަނީ ޕީޕީއެމް އިން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މަދާވްގެ ވާހަކަފުޅުގައި ބީޖޭޕީ އަކީ 110 މިލިއަން ސައްހަ މެމްބަރުންނާއެކު ދުނިޔޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ ފަރާތުން އިންޑިއާއަށް މީހުން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގިދާނެ ކަމަށްވެސް މަދާވް ވިދާޅުވި އެވެ.” ޕީޕީއެމް އިން ހާމަކުރެ އެވެ.
މި ދަތުރުފުޅުގައި ރައީސް މައުމޫން ގެންދަވަނީ ގިނަ އަދަދެއްގެ ގައުމުތަކުގެ މަތީ ވެރިންނާއި ބައްދަލުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ