ޝޭޚް އިމްރާން އާއި އަބްދުﷲ ފުލުސް އޮފީހަށް ހާޒިރުކުރަނީ

ދީނުގެ ހިމާޔަތުގައި ކަމަށް ބުނެ މި މަހުގެ 23 ގައި ބާއްވަން އުޅޭ މުޒާހަރާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި މަދަނީ އިއްތިހާދުގެ އިސް މެމްބަރު އަބްދުﷲ މުހައްމަދު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފި އެވެ.
ޝޭހް އިމްރާން ވިދާޅުވީ އޭނާ އާއި އަބްދުﷲ މިއަދު 00: 1 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވި ޗިޓްގައި ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
"އޭގައި އޮތީ ހާޒިރުކުރަނީ ފުލުސް އޮފީހުން ބަލަމުންދާ މައްސަލައެއްގައި ކަމަށް،" އިމްރާން ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލުސް އޮފީހުން ވަކި އެއްޗެއް ނުބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ