އެމްއެންޑީއެފްގެ ވައިސް ޗީފް ކަމަށް ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދު

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދު މިއަދު ހަމަޖައްސަވައިފި އެވެ.އޭނާ ކުރިން ހުންނެވީ އެމްއެންޑީއެފްގެ ނޯދަން އޭރިއާގެ ކޮމާންޑަރަކަށެވެ.ވައިސް ޗީފްގެ މަގާމް ހުސްވީ ކުރިން އެ މަގާމްގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ޝަރަފުވެރިކަމާ އެކު ސިފައިންގެ ޚިދުމަތުން މިދިޔަ ބުދަދުވަހު ރިޓަޔާކުރެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ