ސ.ފޭދޫން މުހައްމަދު ސައީދު މޫސާ ވަޖުދީ
ހުކުރު ދުވަހު ނިމުނު އެޓޮލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓުން ޏ. އަތޮޅު ތައުލީމީ މަރުކަޒު ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.
ހިތަދޫ ޒޯން ސްޓޭޑިއަމްގައި 12 ސްކޫލެއްގެ 350 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރި ކަސްރަތު މުބާރާތުގެ އަންހެން ކުދީންގެ ބައިންނާއި ފިރިހެން ކުދީންގެ ބައިން ވެސް ޗެމްޕިއަންކަން ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު އަންހެން އެތުލީޓެއްގެ މަގާމު ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޔަމްނާ އިބްރާހީމް ހޯދިއިރު އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދީ ވެސް ހަމަ އެ ސްކޫލުގެ ހުސެން ސުހޭލެވެ.
ޔަމްނާ ވަނީ އެތުލެޓިކްސް މީޓުގައި 16 އަހަރުން ދަށުގެ އަންހެން ކުދީންގެ ބައިން 400 މީޓަރާއި 800 މީޓަރާއި 1500 މީޓަރުގެ ދުވުމުގައި އާ ރިކޯޑެއް ގާއިމުކޮށްފަ އެވެ. އަދި ހުސެން ސުހޭލު ވަނީ 16 އަހަރުން ދަށުގެ ފިރިހެން ކުދީންގެ 800 މީޓަރުގެ އާ ރިކޯޑެއް ގާއިމުކޮށްފަ އެވެ.
ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ބޭއްވި މުބާރާތުގެ 21 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން ކުދީންނާއި ފިރިހެން ކުދީންގެ ބައިން ވެސް ޗެމްޕިއަންކަން ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ކުދީންގެ ޗެމްޕިއަންކަން ހޯދީ ސ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މުބާރާތް ނިމުނު ރަސްމިއްޔާތުގައި އެންމެ މޮޅު ސްކޫލުތަކަށާއި އެންމެ މޮޅު އެތުލީޓުންނަށް އެސޯސިއޭޝަންގެ ތައްޓާއި އެޑިއުކޭޝަންގެ ތައްޓާއި ޔޫތު މިނިސްޓްރިން ހުށަހެޅުއްވި ތަށިތައް ބައްސަވައިދެއްވީ ޝަރަފުވެރި މެހެމާނު ފުވައްމުލަކު އަތޮޅުވެރިޔާ އަހުމަދު މޫސާ އެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މީޓުން ފުވައްމުލަކު ތައުލީމީ މަރުކަޒު ބޮޑު ކާމިޔާބެއް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ