ދެމީހަކު މަޗްވަރާ ކޮށްލައިގެން ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލު ނުކުރެވޭނެކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި އެއީ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ބަދަލު ގެނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި މިހާރު ވެރިކަން ކުރާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ދައުލަތުގެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.
ރާއްޖޭގައި އޮންނަން ފެނިވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިދާޅު އެކަމަށް ވަރަށް ގިނައިން ވަކާލާތު ކުރައްވަމުން ގެންދަވާ ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު ވެރިކަން ކުރާ ނިޒާމަކީ ރައްޔިތުންގެ ރުހުމާއެކު ރައްޔިތުން ވޯޓު ދީގެން ގެނައި ނިޒާމެއް ކަމުގައެވެ.
“ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް. ވީމާ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ.” އެމްއާރްއެމްގެ ލީޑަރ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަކީ އެއްގޮތަކަށްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށާއި، އެކަން ނުވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ވެރިކަމުގެ ނިޒާމް ބަދަލު ނުުކުރެވޭނެ :މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ