މަސްއޫލިއްޔަތު އަދާކުރުމުގައި މުއިއްޒު އިހްމާލްވެފައިވާކަމަށް ކަނޑަނޭޅޭނެ

މަގާމްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހައުސިންގ މިނިސްޓަރ އަހުމަދު މުއިއްޒު އިހްމާލްވެފައިވާ ކަމަށް ކަނޑައަޅާދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ. އެކޯޓުން މިގޮތަށް ނިންމާފައިވަނީ ހައުސިން މިނިސްޓަރ މަގާމްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހްމާލްވެފައިވާ ކަމަށް ބުނެ އެގޮތަށް ނިންމާ ދިނުމަށް އެދި މާލޭ ސިޓީ ކައުންސިލުން ހުށައެޅި މައްސަލަ ނިންމާ އިއްވި ހުކުމްގައެވެ.
ސިވިލް ކޯޓްގެ ހުކުމްގައި ބުނެފައިވަނީ ވަޒީރެއްގެ މަގާމަކީ ގާނޫނޫ އަސާސީން ކަނޑައެޅިފައިވާ ދުސްތޫރީ މަގާމެއް ކަމަށެވެ.
މިގޮތުން ވަޒީރެއްގެ މަގާމް އަދާކުރުމުގައި އިހްމާލްވެފައިވާކަން ކަނޑައެޅުމަކީ އެ މަގާމުގައި ދެމިހުރުމާ މެދު ދުސްތޫރީ ގޮތުން ސުވާލު އުފެދޭ ކަމަކަށް ވުމާއި އެފަދަ މައްސަލައެއް ވެގެންދާނީ ސީދާ ދުސްތޫރީ މައްސަލައެއް ކަމަށް ޝަރީއަތަށް  ގަބޫލްކުރެވޭ ކަމަށެވެ.
 
ގާނޫނު އަސާސީގައިވާ ގޮތުން  ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހްތިސާސް އެކޯޓަށް ލިބިގެން ނުވާތީ އެ މައްސަލަ އެކޯޓްގައި ގެންދެވެން ނެތް ކަމަށް ވެސް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ