އެޗްއާރު އެވޯޑްސް 2018 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްއާރް މޯލްޑިވްސްއިން ބާއްވާ މޯލްޑިވްސް އެޗްއާރު އެވޯޑްސް 2018 އަށް ނޮމިނޭޝަން ހުށައެޅުމަށް ހުޅުވާލައިފިއެވެ. އެޗްއާރު އެވޯޑަސް ނޮމިނޭޝަން ހުށަހެޅުމަށް ހުޅުވާލައިފައިވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ. އެޗްއާރު އެވޯޑަކީ ވިޔަފާރިތަކާއި މުއައްސަސާތަކުގެ ކުރިއެރުމަށްޓަކައި އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް ދޭ އެވޯޑެކެވެ. އެޗްއާރު މޯލްޑިވްސްއިން ބުނީ، ކޮންމެ ދާއިރާއަކުންވެސް ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ އެވޯޑަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެ އެވޯޑަށް އެދި ކުރިމަތިލާ ފޯމުގައި ބަޔާންކުރަން ޖެހޭ ޕްރޮޖެކްޓްސް ވާންޖެހޭނީ އަމަލީ މަސައްކަތް ފެށިފައިވާ، ނުވަތަ ކުރިއަށްދާ މަސައްކަތަކަށް ކަމަށް އެޗްއާރު މޯލްޑިވްސްއިން ބުންޏެވެ. އެޗްއާރު އެވޯޑު ދޭން ހަމަޖެހިފައިވަނީ ހަތަރު ސެގްމަންޓަކަށް ބަހާލައިގެން 10 ކެޓަގަރީ އަކަށެވެ. ސެގްމެންޓުތައް ބަހާފައިވަނީ ކުންފުނިތަކުގެ ސައިޒަށް ރިއާޔަތްކުރުމަށްފަހުއެވެ. އެވޯޑަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެވޯޑު ހައްގުވާ ފަރާތްތައް ހޮވާނީ ތިން ލެވެލްއަކުން އިވެލުއޭޓު ކުރުމަށްފަހުގައި ކަމަށް އެޗްއާރު މޯލްޑިވްސްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ