ވިލާ އަށް ދޫކުރި ރަށްތައް ސަރުކާރުން އަތުލި މައްސަލާގައި ހައި ކޯޓުން ވިލާއާ ދެކޮޅަށް ކުރި ހުކުމްތައް މިއަދު ސުޕްރީމް ކޯޓުން ބާތިލްކޮށް، އެ ތަންތަން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމް ކޮށްފި އެވެ.
މިއީ ވިލާއިން ދައުލަތަށް ދައްކަންޖެހޭ ފައިސާއާ ގުޅުން ހުރި ރަށްތަކެވެ.
މި ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން ވިލާގެ އެކި ކުންފުނިތަކާ ދެކޮޅަށް ދައުލަތުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ވިލާގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކުރި ރަށްތަކާއި ފަޅުތަކެއްގެ އެއްބަސްވުން 2015 ގައި ބާތިލްކޮށް، އެ ތަންތަން އަތުލީ ދެ ފަރާތުގެ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓް ބާތިލް ކުރުމަށް ފަހު އެވެ. އެ ތަންތަން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، އެ ހުކުމްތައް ހައި ކޯޓުން ބާތިލްކުރީ މިދިޔަ އަހަރު އެވެ.
(ތަފްސީލް އަންނަނީ)
ވިލާއަށް ދޫކުރި ހުރިހާ ރަށެއްގެ މައްސަލަ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ