އަތޮޅުތަކުގެ ތެރޭގެ ރަށްތަކުގެ ވިޔަފާރިތަކަށް މިހާރު ކަރަންޓް ފޯރުކޮށްދޭ ބޮޑު އަގަށް ބަދަލު ގެނެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކުގެ ކަރަންޓްގެ އަގު ހެޔޮކުރާނެކަމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެއެވެ.
ލ ފޮނަދޫގައި އިިދކޮޅު ކޯލިޝަނުން ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަރަންޓް ބިލަކީ ބުރައަކަށް ނުވާނެ ގޮތަށް ކަރަންޓްގެ އަގު ހެޔޮލޮށް ކަރަންޓުގެ އަގު ބަދަލު ބަދަލު ކުރާނެ ކަމުގައެވެ.
މާލެއާއި އެއް ހަމައެއްގައި އަތޮޅުތަކުގެ ގޭ ބިސީތަކަށް ކަރަންޓް ފޯރުކޮށްދިން ނަމަވެސް ވިޔަފާރިތަކަށް ކަރަންޓް ފޯރުކޮށްދޭލެއް އަގުބޮޑުކަމުން ވިޔަފާރިވެރިން އަނަނީ ޝަކުވާ ކުރަމުންނެވެ.
ކަރަންޓްގެ އަގު ހެޔޮ ކުރުމުގެ އިތުރުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމަކީ އިއްތިހާދުގެ ސަރުކާރެއްގައި އެންމެ ބޮޑު އަހައްމިޔައްތުކަން ދޭނެ އެއް ދާއިރާކަމަށް އިބޫ ވިދާޅުވިއެވެ.
ވިޔަފާރިތަކުގެ ކަރަންޓް އަގު ހެޔޮކުރާނަން: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ