މޫސުން ގޯސްވެ، މާލެ ސަރަހައްދުގެ ފެރީ ދަތުރުތައް މެދުކަނޑާލައިފި

މޫސުން ގޯސްވުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުގެ ފެރީ ދަތުރުތައް މެދުކަނޑާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި މޫސުން ގޯސްވުމާއި ގުޅިގެން އެ ކުންފުނީގެ ހުރިހާ ފެރީ ދަތުރުތަކެއް މޫސުން ރަނގަޅުވަންދެން ކެންސަލްކޮށްފައިވާ ކަމަށެވެ.
ކެންސަލް ކުރުމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން މައާފަށް އެދެއެވެ.
މޫސުން ގޯސްވެ ޅ. އަތޮޅުން ގދ. އަތޮޅާ ދެމެދު މިއަދު ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
މޫސުމާ ބެހޭ އިދާ މެޓް އޮފީހުން ބުނީ، ޔެލޯ އެލާތް ނެރެފައި ވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އާ ދެމެދުގެ ވަގުތަކަށް ކަމަށެވެ.
އެ ހިސާބުގެ ރަށްރަށަށް އެލާޓް ނެރެފައިވާ ވަގުތު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ