ހދ.ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިމިއްޖެ

ހދ.ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 44،296.90 އަކަ މީޓަރުގެ ދުއްވާ ސަރަހަދަކާއި، 18،871.16 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއްގެ ގާއިމުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ސާވިސް ލައިން އެޅުމާއި، ޑްރެއިނޭޖްއެއް ބެހެއްޓުމާއި، 20،774.86 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ހަނިމާދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ނިމިފައިވާއިރު، އެއްގަމު ދަތުރުފަތުރު ކުރުމުގައި އާއި އެއްތަނުން އަނެއްތަނަށް މުދަލާއި، ތަކެތި އުފުލުމުގައި ގިނަ ފަސޭހަތަކެއް ހަނިމާދޫ ރައްޔިތުންނާއި، އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިހާރު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއަށް 28.90 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ