ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެއާކަންޑިޝަން ހަރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހްކޮށްފިއެވެ.
މި ޕްރޮޖެކްޓް އިފްތިތާހް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު މާފުށީ ސްކޫލުގައި ބާއްވާފައިވާއިރު، ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހް ކޮށްދެވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
ސަރުކާރުން ނިންމާފައި ވަނީ ދެ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކޮށް ފިނި މާހައުލެއް ގާއިމް ކުރުމަށެވެ.
އެ ރަށްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކްލާސްތައް ފިނިކޮށް ނިމުމުން ސްކޫލަށް އުފާވެރި މާހައުލެއް ލިބިގެންދާނެ ކަމަށާއި ދަރިވަރުންގެ ސުލޫކާއި އުޅުމަށް ވެސް ހެޔޮ ބަދަލު އަންނާނެކަމަށާއި ވިޔާނުދާ ކަންކަމުން ދަރިވަރުން ދުރުހެލިވެ، ބްލީކުރުމާއި ރުޅިވެރި މާހައުލު ނެތިގެންދާނެ ކަމަށެވެ.
ސްކޫލު މެނޭޖްމެންޓާއި ބެލެނިވެރިންނާއި އެންމެން ގުޅިގެން ކުރާ މަސައްކަތުން ދަރިވަރުންނަށް ދެވޭ ތައުލީމުން ކާމިޔާބު އިންސާނުން އުފެއްދުމަށް ލިބެން ޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލްގައި ގާއިމްވެގެން ދިޔުމަކީ މުހިންމު ކަމެއްކަމުގައި މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ސްކޫލުތައް އޭސީ ކުރުމުގެ ޕްރޮޖެކްޓް ހިންގަން ނިންމާފައި ވަނީ ހަރަދު ކުޑަވާނެ ގޮތްތައް ބަލައިގެން ކަމަށާއި މިގޮތުން، ޕްރޮޖެކްޓްގެ ތިރީސް އިންސައްތަ ކުރިއަށް ގެންދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށެވެ.
ނިމިދޔަ އިރުވާ މޫސުމުގައި ރާއްޖޭގެ ހޫނުމިން ރެކޯޑް އަދަދަކަށް މައްޗަށް ދިއުމާއި ގުޅިގެން، ރާއްޖޭގެ ސްކޫލްތަކުގެ ކްލާސް ރޫމްތައް ހޫނު ގަދަވުމުގެ ޝަކުވާ ބޮޑުވުމާއިއެކު މެއި މަހު ސަރުކާރުން ވަނީ ރާއްޖޭގެ ސްކޫލުތައް އޭސީ ކުރަން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށް ގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ