މިފްކޯގެ ސީއީއޯ ސަމާހްގެ ސަސްޕެންޝަން އުވާލައިފި

ސަމާހް ސަސްޕެންޑުކޮށްފައި ހުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ގައި އިންކުއަރީއެއް ހެދުމަށެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އުވާލައިފި އެވެ. 
ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައި ވާތީ އެ މައްސަލައިގެ އިންކުއަރީއެއް ހިންގުމަށް 14 ދުވަހަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ މި މަހުގެ 21 ގެ ނިޔަލަށެވެ. ޕީސީބީން ބުނީ ސަމާހު ސަސްޕެންޑުކޮށް، ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އެކުލަވާލި އިންޓެރިމް ކޮމެޓީ އުވާލައި، މިފްކޯ ހިންގުމާ ގުޅޭ ހުރިހާ ކަމެއް ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ސީއީއޯ ސަމާހަށް އިރުޝާދު ދީފައިވާނެ ކަމަށެވެ. ޕީސީބީން އެމްޑީ ސަމާހަށް ތުމަތުކޮށް 12 މައްސަލައެއް ބެލި އެވެ. އޭގެ ތެރޭގައި އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮވެ އެވެ.މި މައްސަލަ މަޖިލީހުގައި އޮންމނަ އެސްއޯއީތަކާ ބެހޭ ކޮމެޓީއިން ވެސް ބެލި އެވެ. އެ ކޮމެޓީގައި ސަމާހް ވަނީ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. މި ފިޔަވަޅު ޕީސީބީން އެޅި އިރު މީގެ ދުވަސްގަނޑެއް ކުރިން މިފްކޯއިން ވަނީ އެ ކުންފުންނީގެ އިންޓާނަލް އޮޑިޓަރު 14 ދުވަހަސް ސަސްޕެންޑްކޮށްފަ އެވެ. އެ އޮޑިޓަރުގެ އަނބިކަނބަލުން ޕީސީބީގައި ގައި އިންނަވަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ