ގަދަ ވިއްސާރައިގެ ސަބަބުން އިންޑިޔާގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެ

އިންޑިޔާގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެއެވެ. 
އިންޑިޔާގެ ޓެލަންގާނާގެ ޕެޑަޕަލީގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިފައިވަނީ ބްރިޖުގެ ފަސް ކޮންކްރީޓް ގާޑަރުގެ ތެރެއިން ދެ ގާޑަރު ވެއްޓިގެންނެވެ. މިހާދިސާ ހިނގީ ރޭ 9.45 ހާއިރު އެސަރަހައްދަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުންނެވެ. އެ ވިލެޖް އިސްއޮފިޝަލަކު ވިދާޅުވިގޮތުގައި
ކައިވެނީގެ ޕާޓީއެއްގައި ބައިވެރިވުމަށް  ބަހެއްގައި
ދަތުރުކުރި 65 މީހުން ނަސީބަކުން ސަލާމަތްވެފައި ވާއިރު، އެ ބްރިޖް ވެއްޓިފައިވަނީ
އެމީހުން ދަތުރުކުރި ފަހުން މިނެޓެއްހާއިރު ތެރޭގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވިކަމެއް އަދި އެނގިފައެއް ނުވެއެވެ.
މަނައިރު ކޯރު ހުރަސްކޮށް އަޅަމުންދާ ގާތްގަނޑަކަށް އެއް ކިލޯމީޓަރުގެ މި ބްރިޖް އިފްތިތާހުކޮށްދެއްވީ 2016 ވަނަ އަހަރު ޓެލަންގާނާގެ މަޖިލީހުގެ ކުރީގެ ރައީސް އެސް މަދޫސުދާނާ ޗާރީ އާއި ލޯކަލް މެމްބަރު ޕުއްޓާ މަދޫ އެވެ. އެތަން ބިނާކުރުމަށް ގާތްގަނޑަކަށް ₹49 ކްރޯޑް ޚަރަދުކުރުމަށް ދީފައިވެ އެވެ.
މީސްމީޑިޔާގައި ދަޢުރުވަމުންދާ ވީޑިއޯތަކުން ބްރިޖުގެ އެކިއެކި ބައިތައް ވެއްޓިފައިވާތަން ފެނެއެވެ.
އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ދީފައިވާ މި މަޝްރޫއުގެ މަގުސަދަކީ ތިން ރަށެއް ކަމަށްވާ މަންތަނީ، ޕަރަކަލް، އަދި ޖަމީކުންޓާ އާއި ދެމެދު އޮންނަ ދުރުމިން ގާތްގަނޑަކަށް 50 ކިލޯމީޓަރު ކުޑަކުރުމެވެ. މި ބްރިޖް ފަރުމާކޮށްފައިވަނީ ބުޕަލްޕަލީގެ ޓެކުމަޓްލާ މަންޑަލްގެ ގަރްމިލާޕައްލީ އާއި ޕެޑަޕަލީގެ އޮޑެޑޫ ގުޅުވައިދޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ