ރައީސް އިބޫގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުގެ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ފަށަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރުމުގެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.
އދ. އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު ރައީސް އިބޫ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ކުރަން ހާމަކުރަން ކުރީގެ ސަރުކާރުން ދެކޮޅު ހެދި ނަމަވެސް އޭރުގެ އިންފޮމޭޝަން ކޮމިޝަނަރާއި ހައި ކޯޓުން ވެސް ނިންމީ އެ މައުލޫމާތު ދޭންޖެހޭނެ ކަމަށެވެ.
އެ ނިންމުމާ ދެކޮޅަށް އޭރު ދައުލަތުން އިސްތިއުނާފްކުރި މައްސަލާގެ ޝަރީއަތް މާދަމާ ހެނދުނު ފަށަން ސުޕްރީމް ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ.
މި މަައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުން އޭރު ދެކޮޅު ހެދީ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެ އަދި ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާ ގުޅޭ މައުލޫމާތު ހިމެނޭ ކަމަށް ބުނެ އެވެ.
ނަމަވެސް ހައި ކޯޓުން ނިންމީ އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ