ރައީސް ފުވައްމުލަކު ގައި، ޔާމީން ވެސް ވަޑައިގަންނަވަނީ

ޔާމީން، ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ނިންމަވާފައިވާއިރު ރައީސް މުއިއްޒު މިހާރު ހުންނެވީ ފުވައްމުލަކު ސިޓީ ގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާދަމާ ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ. ދެ ދައުވާއެެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ގައި ހުންނެވި ރައީސް ޔާމީން މީގެ ކުޑައިރުކޮޅެއްގެ ކުރީން ވަނީ މިނިވަންވެވަޑައިގެންފަ އެވެ.
ޕީއެންއެފުން ދެންމެ ބުނީ އެ ޕާޓީގެ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން މިރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީން މާދަމާ އެ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ. ކުރީން ވެސް ބެލެވިފައި އޮތީ ރައީސް ޔާމީން މިއަދު މިނިވަންވެވަޑައިގަންނަވާނެ ކަމަށާ އަދި ފުރަތަމަ ދަތުރުފުޅެއް ކުރައްވާނީ ފުވައްމުލަކު ސިޓީ އަށް ކަމަށެވެ.ޔާމީންގެ ތާއީދާއެކު ފުވައްމުލަކު ސިޓީގެ ދެ ދާއިރާއަށް ކެންޑިޑޭޓުން ނެރެފައިވެ އެވެ. ރަނގަޅު ނަތީޖާއެއް ނެރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.ޔާމީން، ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ނިންމަވާފައިވާއިރު ރައީސް މުއިއްޒު މިހާރު ހުންނެވީ ފުވައްމުލަކު ސިޓީ ގައެވެ. އެމަނިކުފާނާއި ސަރުކާރުގެ ބައެއް އިސްވެރީން ފުވައްމުލަކު ސިޓީއަށް ވަޑައިގަތީ އިރުއޮއްސެނިކޮށެވެ. އެއީ އެ ސިޓީގެ ތިން ދާއިރާއަށް ކުރިމަތިލާފައިވާ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށެވެ.މިރޭ ހާއްސަ ޖަލްސާއެއް އޮންނާނެ އެވެ. އެ ޖަލްސާ ނިމުމާ އެކު ރައީސް މުއިއްޒު މާލެ ވަޑައިގަންނަވާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ