ދިވެހިމަޔަކާ ބަފައަކަށް އުފަންވެ، ދިވެހި އައިޑީކާޑެއް އޮތަކަސް އަދި ދިވެއްސަކަށް ނުވާނެ ކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ބޯފަން އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ. ބޯފަން އަބްދުﷲ އަކީ އެއްވެސް ތައުލީމެއް އިލްމެއް ހިލްމެއް ނެތް، އަދި ހަވާލުކޮށްފައިވާ މަސައްކަތް ކުރެވޭ ވަރުގެ ގާބިލު ކަމެއް ނެތް ގަމާރު ކަން އިންތިހާއަށް ބޮޑު ބޭފުޅެކެވެ.
އޭނާ މިހެން ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރުގެ އިސްވެރިންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގެ ތެރެއިން މިއަދު ޅ. ކުރެންދޫގައި ހުންނަވާ ވާހަކަދައްކަމުންނެވެ.
އެގޮތުން މީހެއްގެ ނަމާއި ޕާސްޕޯޓު ނުވަތަ އައިޑީކާޑުގަ އެއީ ދިވެހި ރައްޔިތެއްކަން ބުނުމަކުން އެއީ ދިވެހި ރައްޔިތަކަށް ނުވާނެ ކަމަށާއި މީހަކީ މަސްވެރިޔެކޭ ބުންޏަސް މަސްވެރިކަމުގެ އުސޫލުތަކާއި ވައްޓަފާޅި ނޭގެންޏާ އޭނާ މަސްވެރިޔަކަށް ނުވާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
މީނާ ދަނީ ކޮންމެ ދުވަހަކު ޤައުމީ ސަލާން ކިޔައިގެން ނޫނީ މޯލްޑިވްސް ގޭސް ގައި މަސައްކަތް ނުކުރެވޭ ގޮތަށް ހަދާފައެވެ. އަދި ޤައުމީ ދިދަ ޔުނީފޯމެއްގައި ޖަހައި، އަބަދުވެސް މަސައްކަތުގައި އުޅޭނަމަ އެ ލުމަށް މަޖުބޫރު ކޮށްފައެވެ. މުއިއްޒުގެ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ބޭނުމަކީ ގިނަބަޔަކު އެއީ ދިވެހިން ނޫން ކަމަށް ހަދާއި މުއިއްޒު އަށް ތާޢީދު ނުކުރާ މީހުންނަކީ ޤައުމިއްޔަތެއް ނެތް ބައެއް ކަމަށް ދައްކައި އެމީހުންނަށް އަނިޔާ ވެރި ވުމެވެ. މިފަދައިން ކުރީ ޒަމާން ތަކުގައި ވެރިކަން ކުރި މީހުން ވަނީ އެ ޤައުމުތަކުގެ އެތައް ހާސް ބަޔަކު މަރާފައެވެ.
“ހަމައެހެންމެ، ދިވެހި ރާއްޖެއަށް މީހަކު އުފަންވުމުން ދިވެހި މަންމައަކަށް މަންމަ ކިޔާ، ދިވެހި ފިރިހެނަކަށް ބައްޕަ ކިޔުމަކުން އަދި ދިވެއްސަކަށް ނުވާނެ، ދިވެއްސަކަށް ވާނީ ދިވެހިންގެ ތާރީހާއި، ސަގާފަތާއި، އާދަކާދަޔަށް އިހުތިރާމުކޮށް އެ އަސާސްތަ ނަގަހައްޓަން ކެރޭ ދަރިޔަކަށް [ވެގެން]” އޭނާ ވިދާޅުވި އެވެ.
މުއިއްޒުގެ ޤައުމިއްޔަތު ޤަބޫލު ނުކުރާ މީހުންގެ، މައިންބަފައިންނަކީ ދިވެހިން ކަމުގައި ވިއަސް، އަދި ދިވެހި އައިޑީކާޑު އޮތަސް، ދިވެއްސަކަށް ނުވާނެ: ބޯފަން އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ