އިސްރާފު ކުޑަ ކުރެވޭނީ ރަނގަޅަށް ވިސްނުމަށްފަހު ކަންކަމަށް އެދިގެން: މެމްބަރު ހަސަންޓެ

އިސްރާފު ކުޑަ ކުރެވޭނީ ރަނގަޅަށް ވިސްނުމަށްފަހު ކަންކަމަށް އެދިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރ.އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު، ހަސަންޓޭ ވިދާޅުވެއްޖެ އެވެ.
ހަސަންޓޭ މިހެން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ރ.އިގުރާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ހަސަންޓޭ ވިދާޅުވީ ރައްޔިތުން އަބަދުވެސް ކަންކަމަށް އެދޭނޭ ކަމަށެވެ. ނަމަވެސް ކަންކަމަށް އެދެންވާނީ އެކަންކަމަށް ބޭނުންވާ މިންވަރެއްގެ މައްޗަށް ކަމަށް ހަސަންޓޭ ފާހަގަކުރެއްވި އެވެ.
ހަސަންޓޭ ގެ ވާހަކަފުޅުގައި އޭނާ ވަނީ އާއިލާއެއް ބެލެހެއްޓުމާއި، ދައުލަތެއް ހިންގުމާއި ހަމަ އެއްގޮތްކަން ފާހަގަކުރައްވާ ދައުލަތްވެސް ހިންގޭނީ ފައިސާ ލިބިގެންކަމަށް ވިދާޅުވެފަ އެވެ. އަދި ރައްޔިތުން ބޭނުންވާ ހުރިހާ ކަންކަން އެއްފަހަރާ ނުވެދާނެ ކަމަށްވެސް ހަސަންޓޭގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ކުރާ އެއްކަމެއް ރަނގަޅަށްކޮށްފައި، ތިބޭފުޅުން ބޭނުންވާގޮތަށް ދައުލަތުގެ ވުޒާރާތަކަށް ފޮނުވީމާ ދެން ކުރަން ޖެހޭ ކުޑަ ކުޑަ ބަދަލު ގެނައުމަކީ މާބޮޑު މައްސަލައެއްނޫން
ހަސަންޓޭ ވިދާޅުވީ ކުރާ ކަމެއް ރަނގަޅަށް ވިސްނުން ތެރި ކަމާއި ހިކުމަތްތެރި ކަމާއި އަދި ބުއްދީގެ ހަމަތަކުން ކޮށްފިނަމަ އިސްރާފުވެސް ކުޑަވާނެ ކަމަށެވެ.
ރައްޔިތުން އެއްފަހަރު ނެރު ފައިކަށީގެ ވާހަކަ ދައްކާ އަނެއްފަހަރު ބަނދަރުގެ ވާހަކަ ދައްކައިފިނަމަ އެމް ޓީސީސީއަށް ދިން 30 މިލިއަން ބޭކާރު ވާނެކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަންޓޭ ވިދާޅުވީ ވެރިއެއް ގާތު ބޭނުންވާ ކަމެއް ސާފުކޮށް އަންގައިދޭން ޖެހޭނެކަމަށެވެ.
އެއްކަލަ ނެރު  ފައިކަށި ކޮނެ ކޮނެ އޮއްވާ ބުނާނެ ބޮޑު ބަދަރެއް ހަދައިދޭށޭ، ގެއްލިގެންނު އެދިޔައީ، ކަނޑަކަށް ނުން އެ އަޅަނީ ފައިސާ، އެހެންވީމާ ރަނގަޅު ގޮތުގައި 2000 ފޫޓު ވިއްޔާ 2000 ފޫޓު، 3000 ފޫޓު ވިއްޔާ 3000 ފޫޓު، 400 ފޫޓޭ ވިއްޔާ 400 ފޫޓޭ ބުނާނީ، އޭރުން ވެރިއަކަށް ވެސް އެ ބޭފުޅާއަށް އެކަންކުރަން ފަސޭހަވެގެންދާނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ