ޕާކިސްޠާނުގެ ހުޅަނގު އުތުރަށް ބިންހެލުމެއް އައިސް 13 މީހުން މަރުވެއްޖެ

އަވައްޓެރި ޕާކިސްޠާނުގެ
ހުޅަނގުއުތުރަށް ބިންހެލުމެއްގެ އަސަރުކޮށްފިއެވެ.
6.5 މެގްނެޓިޔުޓްގެ ބާރު
މިނުގައި އައި މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޕާކިސްޠާނުގެ ޚައިބަރް
ޕަކްތޫންވާ ޕްރޮވިންސަށެވެ. ބިންހެލުމާއި ގުޅިގެން މިހާތަނަށް 13 މީހަކު ވަނި
މަރުވެފައެވެ. ޕާކިސްޠާނުގެ އަވައްޓެރި އަފްޣާނިސްޠާނުންވެސް 4 މީހަކު ވަނީ
މަރުވެފައި ކަމަށް އެޤައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.
ޔުނައިޓެޑް ސްޓޭޓަސް
ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ އަފްޣާނިސްޠާނު ގެ
އިރުދެކުނުގައި އޮންނަ ޖުރުމް ޓައުން އާއި ތަޖަކިސްޠާން އަދި ޕާކިސްޠާނަށް ވެސް
ބިންހެލުމުގެ އަސަރުކޮށްފައިވާކަމަށެވެ.
Advertisement
ބިންހެލުންއައި ވަގުތު
ޕާކިސްޠާނުގެ ހާލަތު ކިޔައިދެމުން ޕާކިސްޠާނުގެ ލިޔުންތެރިއަކު އަލްޖަޒީރާއަށް
ބުނެފައިވަނީ ބިންހެލުން އައި ވަގުތު އޭނާ ހުރީ ގެއަށްބޭނުންވާ ބައެއް ސާމާނު ގަތުމަށް
ފިހާރައެއްގައި ކަމަށެވެ. އަދި އެތަނުގައި ހުއްޓައި ބިންގަނޑު ހެލޭ ކަމުގެ
އިހްސާސު ކުރެވުނު ކަމަށެވެ.
"ފިހާރައިގެ
ވެރިމީހާ އަހަރެން ފިހާރައިގައި ހުއްޓައި ހަޅޭއްލަވަން ފެށީ، ބިންހެލުމެއް!
އަހަރެމެން އެންމެން ދުވެފަ މަގުމައްޗަށް ނުކުތީ" ލިޔުންތެރިޔާ މުޙައްމަދު
ޒުބައިރް ޚާން ބުނިއެވެ.
ޒުބައިރް ބުނެފައިވަނީ
ބިންހެލުމުގެ އިހްސާސް ކުރެވުމާއި އެކު މަގުމައްޗަށް ނުކުތްއިރު މީހުންތައް
ހަރުއަޑުން ދުޢާ ކުރާ އަޑު އިވޭ ކަމަށާއި، އެހީތެރިކަމެއް ލިބޭތޯ އެންމެ
ކައިރީގައި ހުރި ހޮސްޕިޓަލާއި ދިމާއަށް ދުވަމުން ދިޔަކަމަށެވެ.
2005 ވަނަ އަހަރު ވެސް
ޕާކިސްޠާނަށް އައި ބިންހެލުމެއްގައި 73،000 މީހުން މަރުވެފައިވެއެވެ.
ޕާކިސްޠާނުގެ އޮފިޝަލުން
ބުނެފައިވަނީ ޚައިބަރު ޕްރޮވިންސުގެ އެކި ހިސާބުތަކުން ނުވަ މީހަކާއި ދެ ކުޑަ
ކުއްޖަކު މަރުވެފައިވާކަމަށެވެ. އަދި 47 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް
ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ