ޓޫރިޒަމަށް ރަށްތައް ދޫކުރުމަކީ ރައީސް އޮފީހުން ކުރާ ކަމެއް ނޫން: ޔާމީން

ޓޫރިޒަމަށް ރަށްތައް ދޫކުރުމަކީ ރައީސް އޮފީހުން ކުރާ ކަމެއް ނޫން ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިއިރު ވެސް ވަކި ބަޔަކަށް ރަށެއް ދޭކަށް އަންގާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ދައުލަތުން ހުށަހެޅި ބައެއް ލިޔުންތައް ސިއްރުނުކޮށް ހާމަ ކުރުމަށް އެދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅާފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެގޮތަކަށް ނުނިންމައެވެ.
ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައެވެ. އެއާއެކު ރައީސް ޔާމީންގެ ފަރާތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އެ ކޯޓުން ވަނީ އިސްތިއުނާފު މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތް މަޑުޖައްސާލަން އަންގައިފައެވެ.
މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ޔާމީން ވަނީ އެގޮތަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދުގައި ރަށްތައް ވިއްކުމުގެ މުއާމަލާތްތައް ކުރިޔަށް ގެންދަނީ ރައީސް އޮފީހުން ނޫންކަން ސާބިތު ކޮށްދިނުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އެއްވެސް ރަށެއް ވަކި ބަޔަކަށް ދޭން އަންގާފައި ނުވާނެ ކަމަށެވެ.
ރަށްތައް ދޫކުރި މައްސަލައިގެ ތަހުގީގުގައިވެސް އެމަނިކުފާނު އަންގަވައިގެން އެއްވެސް ރަށެއް ދޫކޮށްފައިވާކަން އެއްވެސް ފަރާތަކުން ހާމަ ކޮށްފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ ކޮށްފައިވާ ކަމަށް ދައުލަތުން މީގެކުރިން ބުނެފައިވެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ