މައްސަލަ ޖެހުނީ ކޭޕާކްގެ ލޯކަލް އޭޖެންޓްގެ މެދުގައި، ޕްރޮޖެކްޓަށް އަސަރެއް ނުކުރާނެ: ހަންބޯ ކޮރެއާ

މައްސަލަ ޖެހިގެން އުޅެނީ ކޭޕާކުގެ ލޯކަލް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ކަމަށާއި އެކަމުގެ ސަބަބުން މި ޕްރޮޖެކްޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ މަސައްކަތް އަސްލު ހަވާލުކޮށްފައިވާ ކޮރެއާ ކުންފުނިން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ އަސްލު ކޮންޓްރެކްޓަރަކީ ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހާންބޯ ޓެކް ކޮރެއާ އެވެ.
މިހާރު މައްސަލަ ޖެހިގެން އުޅޭ ހާންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެ ކުންފުނީގެ ރާއްޖޭގެ އޭޖެންޓެވެ. އެ ކުންފުނީގެ ހިއްސާދާރުންނަށް ތިބެނީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އާއި ހަސަން މަމްދޫހު (މަންޑޭ) އެވެ. އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު، މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގުކުރަން މައި ހިއްސާދާރު ކަމަށްވާ ޗައިނާގެ ޖިން ޝުހޫ މިހާރު ވަނީ މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ.
މި މައްސަލަ ފެންމަތިވުމުން ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން (ކޮރެއާ ކުންފުނިން) މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް އެ ކުންފުނިން އެޗްޑީސީ (އާބަންކޯ)އާ އެކު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގައި ކަމަށެވެ. އަދި އެ އެއްބަސްވުމަށް ފަހު، ފްލެޓް ގަންނަން މީހުންނަށް އެހީތެރިވުމުގެ ގޮތުންނާއި މާކެޓްކުރުމުގެ ގޮތުން ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހާންބޯ މޯލްޑިވްސް ނުވަތަ ހާންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ހަމަޖެއްސި ކަމަަށް އެ ބަޔާނުގައި ބުންޏެވެ.
ނަަމަވެސް، އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ ކުންފުންޏާއެކު އޮތް އެއްބަސްވުން މިއަދުން ފެށިގެން އުވާލާފައިވާ ކަމަށް ހާންބޯ ޓެކް ކޮރެއާގެ ބަޔާނުގައި ބުންޏެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި މި ނިންމުމާ ގުޅިގެން ޕްރޮޖެކްޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީން ބަޔާނުގައި ދީފައިވެ އެވެ.
ކޭޕާކް ރެސިޑެންސް ފްލެޓްތަކުގެ ރާއްޖޭގެ އޭޖެންޓް، ހާންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގައި ޖިން ޝިހޫގެ 95 ޕަސެންޓް ހިއްސާ އޮވެ އެވެ. އޭނާ އަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. އަދި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ކަމަށްވާ މަންޑޭގެ އޮންނަނީ ފަސް ޕަސެންޓް ހިއްސާ އެވެ.
Kpark ge massalagai Mandey ah vakkamuge thuhumathukoh, jinaee thahugeegu kuran mai hissaa dhaaru polihah hingajje
The most trusted news source in the Maldives
Mihaaru
މި މައްސަލާގައި އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭންގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ މަންޑޭ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ