ބޭރުގައި އުޅޭ ދިވެހީންނަށް މިހާރު 750 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެ ބީއެމްއެލް ފިޔަވައި ދުނިޔޭގެ އެއްވެސް ބޭންކަކުން އީކޮމާސް ވެބްސައިޓްތަކަށް ވަކި ޚާއްސަ ރޭޓެއް ޗާރޖެއް ނުކުރޭ- ސިރާޖް 30 ޕަސެންޓްގެ ފީއެއް ނަގާނީ ހަމަ އެކަނި ޑެބިޓް ކާޑުން ކުރާ ވިޔަފާރިތަކ

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ރާއްޖޭން ބޭރުގެ ބައެއް ވެބްސައިޓްތަކުން ކުރާ ވިޔަފާރިތަކުން ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 30 އިންސައްތައިގެ ފީއެއް ނެގުމަށް އާންމުކޮށް އިއުލާން ކުރުމަށްފަހު އޭގެ ކުރިން ޖެހި އޯޑަރުތަކުން ވެސް އެ ފީ ނެގި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
ބީއެމްއެލް އިން މި ފީ ނަގާނެކަން އިއުލާނުކުރީ ޖޫން 30، ގަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ކުރާ ވިޔަފާރިތަކުން ފީ ނަގަން ފަށާނީ ޖުލައި 1، އިން ފެށިގެން ކަމަށެވެ. މިއީ ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ސައިޓުތަކެވެ،
ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކޮށް ސޯޝަލްމީޑިއާގައި މީހަކު ބުނެފައިވަނީ 30 ޖޫން ގެ ރޭގަނޑު ޖެހި އޯޑަރ އެއް ޕެންޑިންގައި ބަހައްޓާފައި އެރޭ 12 ގެ ފަހުން 30 ޕަސެންޓްގެ ފީ އާއެކު އޯޑަރ ޕްރޮސެސް ކޮށްފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ގިނަ ބަޔަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ބީއެމްއެލް އަށް ހުށަހެޅުމުން އެއީ އޮޅިގެން ކަމަށާއި ދެތިން ދުވަސްފަހުން ރިޓާން ކޮށްދޭން ބޭންކުން ބުނެފައިވާ ކަމަށް އެމީހާ ވަނީ ލިޔެފައެވެ.
ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމާއި ނުރުހުން ފާޅުކުރަމުން ނެވެ.
އެގޮތުން ސޯޝަލްމީޑިއާގައި އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ އިރު ގިނަ މީހުން ބުނެފައިވަނީ ކަސްޓަމަރުން ނެތީއްޔާ ބޭންކެއްގެ ބޭނުމެއް ނެތްކަމަށެވެ. އަދި ބީއެމްއެލް ނޫން ގޮތެއް ކަސްޓަމަރުން ހިޔާރުކުރުން މުހިންމު ކަމަން ފެންނަ ކަމަށާއި މިހާރު ބީއެމްއެލް ނޫން އެހެން އޮޕްޝަން ރާއްޖޭގެ ބޭންކިން ދާއިރާގައި އެބަހުރިކަމަށެވެ.
“އެއް ބޭންކަކަށް ޑިޕެންޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް،” ބީއެމްއެލްގެ ޕޯސްޓަކަށް އާންމުންގެ މީހަކު ކޮށްފައި އޮތް ކޮމެންޓެއްގައި ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް އެކިއެކި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ،
ބޭންކުން ވިދާޅުވީ މި ބަދަލަކީ އާންމުގެ ތެރެއިން މަދު ބަޔަކު، ބޭންކުން ފޯރުކޮށްދޭ ލުއިތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ވިޔަފާރިއެއްގެ ގޮތުގައި ބޭނުންކުރަމުން ދާތީ އެކަން ހުއްޓުވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ