ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ރައީސް އޮފީހަށް މައު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނާއެކު، އާއްމު ކޮށްފައިވާ މައުލޫމާލު ޝީޓްގައި ބުނެފައިވާގޮތުގައި އެ އޮފީހަށް ބޭނުން ވަނީ, ތިރިކޮށް, އޯވަލް ޝޭޕަށް ހުންނަ މަލެވެ. އަދި އެ ފޯރުކޮށްދޭ މަލަކީ ތިން ދުވަސް ވަންދެން މޯޅިނުވެ ހުންނަ މަލަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވާއިރު، ގެންނަ މާ ބޮނޑިއެއްގެ ދިގު މިނުގައި 18 އިންޗި ހުންނަން ޖެހެއެވެ.
މި މާ ރައީސް އޮފީހަށް ގެންނަން ޖެހޭނީ ހަފުތާއަކު ދެ ދުވަހު ކަމަށްވާއިރު، ކޮންމެ ދުވަހަކު ހަ މާބޮނޑި ގެންނަން ބުނެފައިވެއެވެ.
އެހެންކަމުން، މިތަކެތި ގެނައުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން، ކުންފުނީގެ ނަން، ބިޑު ހުށަހަޅަން އަންނަ ފަރާތް، އީމެއިލް، އަދި ފޯނު ނަންބަރު p[email protected] އަށް މެއިލްކުރުމަށް އެދިފައިވެއެވެ.
އަދި ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، އަންނަ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ އޮފީހަށް ހާޒިރުވެ އަންދާސީހިސާބު ހުށަހަޅަން ޖެހޭނެ ކަމަށާ، މި ބީލަން ދިނުމުގައި ރައީސް އޮފީހުން އެންމެ އިސްކަމެއް ދޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށް ބުނެފައިވެއެވެ.
ތިން ދުވަސް ވަންދެން މޯޅި ނުވެ ހުންނަ މާ, ރައީސް އޮފީހަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ