މޯދީ، މަޖިލިސް ރައީސް އަބްދުއްރަހީމްއާ ބައްދަލުކުރައްވައިފި މޯދީ، މަޖިލިސް ރައީސް އަބްދުއްރަހީމްއާ ބައްދަލުކުރައްވައިފި

ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުاللهއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މޯދީ ހުންނަވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ. މޯދީ ރާއްޖެއަށް ވަޑައިގެން ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.
"އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ދެކެވުނު، އޭގެތެރޭގައި ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުން ހިމެނޭ،" މޯދީ ވިދާޅުވި އެވެ.
އޭގެ އިތުރުން، އަބްދުއްރަހީމްގެ ރިޔާސަތުގައި 20 ވަނަ މަޖިލީހުން އިންޑިއާ-ރާއްޖެ ޕާލިމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވުމަކީ ދެ ގައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި މޯދީ ސިފަކުރެއްވި އެވެ. އޭގެ އިތުރުން، ރާއްްޖޭގެ ކެޕޭސިޓީ އިތުރު ކުރުމަށް އެކި ދާއިރާތަކުން އެހީތެރިވާނެ ކަމަށް މޯދީ ވިދާޅުވި އެވެ.
އިންޑިއާއާ ދެކޮޅަށް މިދިޔަ ސަރުކާރުގައި އޭރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތްތަކުގައި އިސްކޮށް އަބްދުއްރަހީމް ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.
އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް ބުނެ ކުރި އިންޑިއާ އައުޓު ކެމްޕޭނުން ތާއިދު ހޯއްދަަވައިގެން މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިންޑިއާ ދުރުކޮށްލައި، ޗައިނާ އާއި ތުރުކީ އާއި ގާތް ގުޅުމެއް ބާއްވައި، އިންޑިއާ އަށް ބަދު ބަސްތައް ސީދާ މުއިއްޒު ވެސް ރައްދު ކުރައްވާފައިވެ އެވެ.
ނަމަވެސް މޯދީ އަށް މިއަދު މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލްގައި ހުށަހެޅި ލަވައިގައި އިންޑިއާއަކީ "ދީލަތި، ވަފާތެރިއެއް" ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ