އާސަންދައިގެ އިންޓަނެޓަށް ދިމާވި މައްސަލަ ހައްލުވެއްޖެ، މިހާރު ޚިދުމަތްތައް ލިބޭނެ

އާސަންދަ އޮފީހަށް އިއްޔެ ހެނދުނު ދިމާވި އިންޓަނެޓުގެ މައްސަލަ މިއަދުގެ ފަތިހުގެ ވަގުތެއްގައި ހައްލުވެއްޖެ ކަމަށާއި، ޚިދުމަތްތައް މިހާރު ބަރާބަރަށް ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. އާސަންދައިގެ އިންޓަނެޓުގެ މައްސަލަ ދިމާވީ އިއްޔެ ހެނދުނުކަމަށް އެ ކުންފުނީގެ ކަސްޓަމާ ސާވިސްއިން ބުންޏެވެ. އެއާއެކު ގިނަ ޚިދުމަތްތަކަށް ބުރޫ އަރާފައިވެއެވެ. އެކަމާ ގުޅިގެން ރޭ ސުވާލު ކުރުމުން އެ އޮފީހުގެ އިންފޮމޭޝަން އޮފިސަރު 'ސަން'އަށް ވިދާޅުވީ، އިއްޔެ ހެނދުނުން ފެށިގެން އޮފީހުގައި އިންޓަނެޓަށް މައްސަލައެއް ދިމާވިކަމަށެވެ. އެކަމުގެ ސަބަބުން ޚިދުމަތަށް ލަސްވިކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލަ ހައްލުކޮށް އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި ނަމަވެސް، އެ ކުންފުނީގެ ޚިދުމަތްތައް ރޭ ނުލިބޭކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. https://sun.mv/208399 އެއާއެކު 'ސަން' އިން މިއަދު ސުވާލުކުރުމުން އެ ކުންފުނިން ބުނީ ފަތިހުގެ ވަގުތެއްގައި އެ މައްސަލަ ހައްލުވެފައިވުމުން މިހާރު ޚިދުމަތްތައް ބަރާބަރަށް ލިބޭނެކަމަށެވެ. އާސަންދައަކީ ގިނަ އަދަދެއްގެ ބަލިމީހުން ކޮންމެ ދުވަހަކު ފަރުވާ ހޯދާ ޚިދުމަތެކެވެ. ޚިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އެކަމުގެ އުނދަގުލާ ކުރިމަތިލާންޖެހިފައެވެ. ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިފަހުން، ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ބުރޫއެރިއެވެ. ނަމަވެސް، އެމައްސަލަ ހައްލުކޮށް ގަޑިއިރެއްތެރޭ ޚިދުމަތް އާންމު ހާލަތަށް ވަނީ ރުޖޫއަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ