މައިންގެ ފަރާތުން ޖެހޭ ބޮޑު ތިން ބައްޔެއް ނައްތާލެވުނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ހީވަގި ކަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑަބްލިޔުއެޗްއޯއިން ވަނީ މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް – ބީ ވާރުތަވުން ހުއްޓުވައި، ”ޓްރިޕްލް އެލިމިނޭޓް“ ކުރި ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމަށް ކަނޑައަޅައިފައެވެ. މިކަމާއި ގުޅިގެން ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިކަމާއި ގުޅިގެން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ މިއީ ހަމައެކަނި ރާއްޖެއަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި މިއީ ރާއްޖެއިން އެންމެންނަށް ވެސް ފޯރުކޮށްދޭ ހަމަހަމަ ހަރުދަނާ ސިއްހީ ނިޒާމެއް ދެމެހެއްޓުމުގެ ހިތްވަރެއް ކަމަށެވެ.
ކުރިއަށް އަންނަ ތަނުގައި ވެސް ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ގެނެސްދިނުމަށް ސަރުކާރުން އިންވެސްޓް ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ މައިންބަފައިންނާއި ކުޑަކުދިންގެ ސިއްހަތަށް ވަރުގަދަ ސިޔާސަތުތަކާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓަކުން، މި ނުރައްކާތެރި ބަލިތައް މަންމަގެ ފަރާތުން ދަރިފުޅަށް ފެތުރުމާއި، އެ ބަލިތަކުން ލިބޭ ތަކުލީފު ނައްތާލުމަކީ ކުރެވިދާނެ ކަމެއްކަން ރާއްޖެއިން ދައްކުވައިދީފައިވާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ މިއީ އެހެން ގައުމުތަކަށްވެސް ނަމޫނާއެއް ކަމަށެވެ،
މައިންގެ ފަރާތުން ޖެހޭ ބޮޑު ތިން ބައްޔެއް ނައްތާލެވުނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ހީވަގި ކަމުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ