ފުލުހެއްގެ ގައިގައި ޖެހި މައްސަލައިގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި މާލޭން ހައްޔަރުކޮށްފައިވަނީ ލ. އަތޮޅު ރަށަކަށް ނިސްބަތްވާ 34 އަހަރުގެ އަންހެނެކެވެ. ފުލުހުން ކޯޓުގައި ބުނެފައި ވަނީ މާރާމާރީއެއް ހިންގާ ކަމުގެ މައުލޫމާތު ލިބިގެން އެ ތަނަށް ދިޔަ ފުލުހެއްގެ ގައިގައި މި އަންހެން މީހާ ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާ 10 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމުގެ ހެކި ކޮންމެވެސް ވަރަކަށް ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ ވަކީލެއް ބޭނުންވާ ކަމަށެވެ. އެހެން ބުނެ އޭނާ ހުރީ ހަނެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި މި މީހާއަކީ ބަންދާއި ކުށުގެ ރެކޯޑް އޮތް މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ