ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ދިޔާނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީގުޅުންތަކުގެ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފުރަތަމަ ކެބިނެޓް އެކުަލަވައިލެއްވި އިރު ދިޔާނާއަކީ އެޓާނީ ޖެނެރަލް އެވެ. ނަޝީދުގެ ކެބިނެޓްގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާދެއްވި އިރު ދިނާ ވެސް އިސްތިއުފާ ދެއްވި އެވެ.
އޭގެ ފަހުން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަމަށް ދިޔާނާ އައްޔަންކުރި އެވެ.
The most trusted news source in the Maldives
ފޮރިން ސާވިސްގައި އުޅުއްވާ ބޭފުޅަކަށް ނުވާތީ ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަރުހަލާއެއްގެ ގޮތުގައި އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރީ މިދިޔަ އޭޕްރިލް މަހު އެވެ.
އީޔޫ އާއި ބެލްޖިއަމްގައި ހުންނަވާ ސަފީރަކަށް ދިނާޔާ އައްޔަންކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ