އޭއައިގެ އައު ފީޗާތަކާއެކު ސެމްސަންގް ގެލެކްސީ އެސް26 ސީރީޒް ދައްކާލައިފި

ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ އަހަރީ ބޮޑު އިވެންޓް "ގެލެކްސީ އަންޕެކްޑް 2026" މިރޭ އެމެރިކާގެ ސެން ފްރެންސިސްކޯގައި ބާއްވައި، އެ ކުންފުނީގެ އައު ފްލެގްޝިޕް ފޯނުތައް ދައްކާލައިފިއެވެ. މި އިވެންޓުގައި މައިގަނޑު ގޮތެއްގައި ދައްކާލާފައިވަނީ ގެލެކްސީ އެސް26، އެސް26 ޕްލަސް އަދި އެސް26 އަލްޓްރާ އެވެ. މީގެ އިތުރުން ކަންފަތަށް ޖަހާ ހެޑްސެޓްގެ އައު މޮޑެލްތައް ކަމަށްވާ ގެލެކްސީ ބަޑްސް 4 އަދި ބަޑްސް 4 ޕްރޯ ވެސް ވަނީ ތައާރަފްކޮށްފައެވެ. އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް --- އޭއައިގެ އައު އިންގިލާބެއްމި އަހަރުގެ ފޯނުތަކުގައި ސެމްސަންގުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށެވެ. އެގޮތުން "އޭޖެންޓިކް އޭއައި" ގެ ނަމުގައި ތައާރަފްކުރި ފަންނިއްޔާތަކީ ފޯނު ބޭނުންކުރާ މީހާގެ އާދަތަކަށް ބަލައިގެން އަމިއްލައަށް ކަންކަމުގައި އެހީތެރިވެދޭ ސިސްޓަމެކެވެ. މީގެ ތެރޭގައި ހިމެނޭ "ނައު ބްރީފް" ފީޗާ މެދުވެރިކޮށް މޫސުމާއި، ކަލަންޑަރު އަދި ނޮޓިފިކޭޝަންތަކުގެ ޚުލާސާއެއް ފަސޭހައިން ލިބޭނެއެވެ. ގެލެކްސީ އެސް26 އަލްޓްރާ --- ފޯނުތަކުގެ ފަރުމާ އާއި ކެމެރާގެލެކްސީ އެސް26 ސީރީޒްގެ ފޯނުތަކުގެ ތެރެއިން އެންމެ ވަރުގަދަ މޮޑެލް ކަމަށްވާ އެސް26 އަލްޓްރާގައި ހިމެނެނީ ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ޕްރޮސެސަރެވެ. އަދި މި ފޯނުގައި އަލަށް ހިމެނި "ޕްރައިވެސީ ޑިސްޕްލޭ" އަކީ ފޯނުގެ އަރިމަތީގައި ތިބޭ މީހުންނަށް ސްކްރީން ނުފެންނާނެހެން ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. އެސް26 އަލްޓްރާގެ މައި ކެމެރާއަކީ 200 މެގަޕިކްސެލްގެ ކެމެރާއެކެވެ. މީގެ އިތުރުން 50 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއަކާއި، ދެ ޓެލެފޮޓޯ ކެމެރާ މި ފޯނުގައި ހިމެނެއެވެ. އެސް26 އަދި އެސް26 ޕްލަސްގައި ހިމެނެނީ 50 މެގަޕިކްސެލްގެ މައި ކެމެރާއެކެވެ. ދުނިޔޭގެ ފުރަތަމަ ޕްރައިވެސީ ޑިސްޕްލޭ --- ސޮފްޓްވެއާ އަދި ސެކިއުރިޓީގޫގުލްއާ ގުޅިގެން "ސާކަލް ޓު ސާޗް" ފީޗާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާއިރު، ސެމްސަންގް ބްރައުޒާގައި މިހާރު "ޕާޕްލެކްސިޓީ" އޭއައި ބޭނުންކުރެވޭނެއެވެ. އަދި އަމިއްލަ މަޢުލޫމާތުތައް ރައްކާތެރިކުރުމަށް "ކީޕް" ނަމަކަށް ކިޔާ އައު ސޮފްޓްވެއާއެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. އަމިއްލަ މަޢުލޫމާތުތައް ރައްކާތެރިކުރުމަށް "ކީޕް" ނަމަކަށް ކިޔާ އައު ސޮފްޓްވެއާއެއް --- ސެމްސަންގުން ބުނި ގޮތުގައި މި ފޯނުތަކަށް ކުރިއަށް އޮތް 7 އަހަރު ދުވަހު ސޮފްޓްވެއާ އަދި ސެކިއުރިޓީ އަޕްޑޭޓް ލިބޭނެއެވެ. އަގާއި ލިބޭނެ ތާރީޚްގެލެކްސީ ބަޑްސް 4 ގެ އަގަކީ 179.99 ޑޮލަރެވެ. އަދި ބަޑްސް 4 ޕްރޯ ލިބެން ހުންނާނީ 249.99 ޑޮލަރަށެވެ. ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތަކަށް ޕްރީ-އޯޑަރު ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މި ފޯނުތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ