ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އަތޮޅުތެރޭގެ ރައްޔިތުންގެ ބާރު ވެސް ކަނޑުވާލުން: ޖަމީލު
ކުރީންސުރެ ވެސް ރަށްތަކާއި އަތޮޅުތައް ބަލަހައްޓާ ފަރާތުގެ ގޮތުގައި އޮތް އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އަތޮޅުތެރޭގެ ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އީފާސް ބޭނުންކުރުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ޕީއެންއެފްގެ ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަން (އީސީ)އާ ހިއްސާކުރުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޖަމީލު ވިދާޅުވީ ތަކުރާރުކޮށް ދައްކަން މިޖެހެނީ ލާމަރުކަޒީ ނިޒާމުން އަތޮޅު ކައުންސިލްތައް އުވާލި ބޭފުޅެއްގެ ވާހަކަ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އަރިސް ބޭފުޅެއް ކަމަށްވާ ޖަމީލް ވިދާޅުވީ، ކައުންސިލް އިންތިޚާބު ވެގެން ދާނީ ރައީސް މުއިއްޒުގެ ފުރިހަމަ ބެލުމުގެ ދަށުން ކުރިއަށް ގެންދާނެ އިންތިޚާބަކަށް ކަމަށާއި، އެމަނިކުފާނުގެ ބޭނުމަކީ އަތޮޅުތެރޭގެ ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމަށެވެ. އެބޭފުޅާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާނެ އިންތިޚާބެއްގެ ވާހަކަ އަޅުގަނޑުމެން މި ދަންނަވަނީ. އެބޭފުޅުންގެ މަގުސަދަކަށް ވެފަ މިއޮތީ ރާއްޖޭގެ ރައްޔިތުންގެ ބާރު ކަނޑުވާލުން. އަތޮޅުތެރޭގެ ރައްޔިތުންގެ ބާރު ކަނޑުވާލުން. ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުން. ޒަމާނުއްސުރެ، ރަށްތަކާއި އަތޮޅުތައް ބަލަހައްޓަނީ އާދަމް ޝަރީފެއް ނޫން، ޑރ. މުހައްމަދު ޖަމީލު އަހުމަދު ޖަމީލު ވިދާޅުވި ގޮތުގައި މި އިންތިޚާބުގައި ޕީއެންސީގެ މައިގަނޑު އަމާޒަކީ 'މުތުލަގުކޮށް' އިންތިޚާބުން ގިނަ ރައްޔިތުންތަކެއް އެކަހެރިކުރުމެވެ. އީފާސް މެދުވެރިކޮށް ފޯމުތައް ހުށަހަޅަން މިހާރު އީސީން އަންގާފައި އޮތް ގޮތުން އެ ފުރުސަތު ފަހިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެގޮތުން އެ ޕާޓީން މިއަދު އީސީއާ ބައްދަލުކުރީ ވެސް އެގޮތަށް އެކަން ނުކުރާން އެދުމަށް ކަމަށް ޖަމީލު ވިދާޅުވިއެވެ. ޕީއެންއެފްގެ ޖަލްސާއެއްގައި މަލީހު ޖަމާލު --- ސަން ފޮޓޯ/ މޫސާ ނަދީމް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރަން އައުމުން ވެސް ސަރުކާރުން ހުރަސް އެޅި ކަމަށާއި، އެހެން އެކަން އޮތުމުން މި އިންތިޚާބުގެ ޓާން-އައުޓް ދަށްކުރުމަކީ ރައީސް މުއިއްޒުގެ ވިސްނުމެއް ކަމަށް މަލީހު ވިދާޅުވިއެވެ. އަޅުގަނޑުމެންނަކީ، ޕީއެންއެފަކީ ވަކިން ޚާއްސަކޮށް ރައީސް ޔާމީނަކީ ޑިމޮކްރަސީއަށް މަސައްކަތްކުރައްވާ ބޭފުޅެއް. ރައީސް ޔާމީން ބޭނުންވަނީ ވީހާވެސް ގިނަ ބޭފުޅުން މި އިންތިޚާބުގައި ބައިވެރިވުން. ގިނަ ކެންޑިޑޭޓުން ނުކުންނަވައި، މި ސަރުކާރު ބަލިކުރުން ބޭނުމަކީ، މަލީހު ޖަމާލު މަލީހު އިތުރަށް ވިދާޅުވީ އުންމީދަކީ މި ލޯކަލް ކައުންސިލް އިންތިޚާބުގައި ރަނގަޅު ޓާން-އައުޓަކާއެކު، ވީހާވެސް ގިނަ ބަޔަކު ނުކުމެ ސަރުކާރު ބަލިކުރުން ކަމަށެވެ. ޕީއެންއެފުން އިންތިޚާބުގައި ކުރިމަތިލާ ގިނަ ކެންޑިޑޭޓުންނަކީ މިނިވަން ކެންޑިޑޭޓުން ކަމަށް މަލީހު ވިދާޅުވިއެވެ. އެފަދަ ކެންޑިޑޭޓުން 50 މީހުންގެ ތާއީދު ހޯދަން ޖެހޭއިރު އެ ތާއީދުކުރާ މީހުންގެ ފޯމު ވެސް ހުށަހަޅަން ޖެހެނީ އެ ބައެއްގެ އީފާސް މެދުވެރިކޮށް ކަމަށްވާއިރު އެއީ ވެރިފައިޑް އީފާސްއަށް ވާން ވެސް ޖެހޭ ކަމަށް މަލީހު ވިދާޅުވިއެވެ. އަދި ވެރިފައިޑް ނޫންނަމަ އެ އީފާހެއް ވެރިފައި ކުރަން ވެސް ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ އުނދަގޫތައް އެބަހުރި ކަމަށް މަލީހު ވިދާޅުވިއެވެ. އެގޮތުން ފޯމު ހުށަހަޅަން ދީފައި އޮތް މުއްދަތުގެ ކުރުކަމާއެކު މަސައްކަތް ފުރިހަމަ ކުރަން ނަގާ ވަގުތު ގިނަ ވަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޕީއެންއެފްގެ ފަރާތުން މިއަދު އީސީއަށް ހުށަހެޅި ހުށަހެޅުމަކީ މިނިވަން ކެންޑިޑޭޓުންނަށް ތާއީދުކުރާ 50 މީހުންގެ ފޯމު އަމަލީ ގޮތުން ފުރާ އަޕްލޯޑް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ