ރޯދަ މަހު ކެފޭ އާއި ފިހާރަތައް ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި

އަންނަ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފިހާރަތަކާއި ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓޭ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ، ރޯދަމަހު ކެއިން ބުއިމުގެ ހިދުމަތްދޭ ރެސްޓޯރަންޓުތަކާއި ކެފޭ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ 17:30އިން ދަންވަރު 03:00އަށެވެ. ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ހުޅުވާފައި ބެހެއްޓޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އޭގެއިތުރަށް، މާދަމާއިން ފެށިގެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ، ފަތިހު 05:30 އިން ދަންވަރު 01:00އާ ހަމައަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ރޯދަމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ގަޑިތަކުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން ވެސް ހުޅުވާފައި ބެހެއްޓޭނީ އެ ގަޑިތަކުގައި ކަމަށް ބުނެ، އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ގޮތްތަކަށް އަމަލުކުރަން ފަށަން އަންގާފައެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ