ގއ. ވިލިނގިލި ސްކޫލްގައި ރޯވެ އަނދަނީ

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ރޯވެ އަނދަން ފަށައިފި އެވެ. 
ވީ ކިހިނެއް؟ - އެ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިންގަން ފެށީ މިރޭ 12 ހާއިރު އެވެ. އަލިފާން އެންމެ ފުރަތަމަ ރޯވީ، އެ ސްކޫލްގެ މެދުގައި ހުންނަ ދެ ކްލާސް ރޫމާއި ސްޓާފް ރޫމް ހުންނަ އިމާރާތުގަ އެވެ.
އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް މިހާރު އަނދާފައިވާއިރު، އަލިފާން ނުނިއްވި ވަރަށް ބޮޑަށް ދަނީ ފެތުރެމުންނެވެ. ވިލިނގިއްޔަކީ އެމްއެންޑީއެފްގެ ފަޔާ އެންޑަ ރެސްކިއުގެ ހިދުމަތް ލިބޭ ރަށެއް ނޫނެވެ.
މި ސްކޫލަކީ، އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި އެ ރަށުގައި ވޯޓުލާ މަރުކަޒު ހުންނަ ތަނެވެ.
ތަފްސީލު އަންނަނީ…
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ