ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވެ އަނދަނީ

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވެއްޖެއެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މިރޭ ހިނގި އެ ހާދިސާގައި އެ ސްކޫލުގައި ވަނީ ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރިފައެވެ.
”ހަފްތާ“އަށް އެނގިފައިވާ ގޮތުގައި އެ އަލިފާން ހިނގާފައިވަނީ އެ ސްކޫލުގައި ހުންނަ އޭސީއެއްގައި ރޯވެގެންނެވެ.
އެ އަލިފާންގަނޑު މިހާތަނަށް ކޮންޓްރޯލުވެފައި ނުވާ އިރު، ވިލިނގިލީގެ ގިނަ ރައްޔިތުންތަކެއް ދަނީ އަލިފާން ކޮންޓްރޯލުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
ތަފްސީލު އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ