އަލަށް އިންތިހާބުވި ކައުންސިލްތަކާއެކު، ލަމާރުކަޒީ ނިޒާމަށް އިތުރު ދިރުމެއް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަންމެންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފް މިހެން ވިދާޅުވީ، އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ގުޅުވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވަނީ، އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް ތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ. މީގެ އިތުރުން، އަލަށް އިންތިޚާބު ވި ފަރާތްތަކާއިއެކުވެސް އެއްވެސް ތަފާތުކުރުމެއްނެތި މަސައްކަތްކުރައްވާނެކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ އުއްމީދަކީ، އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރެއްވުންކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާލުވިއެވެ.
އާކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރަށް ދިރުން ލިބެގެންދާނެ: އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ