އީސީގެ މެމްބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އއ. ފެރިދޫ، ހާލި، އަލީ ނަޝާތުގެ މެންބަރުކަމުގެ ދައުރު މިއަދު ހަމަވެއްޖެއެވެ.
ކޮމިޝަންގެ މެމްބަރުކަމުގައި ނަޝާތުގެ ފަސް އަހަރުގެ ދައުރު ހަމަވެފައިވާއިރު އޭނާ އެ މަގާމަށް އަލުން އައްޔަންކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. ނަމަވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިޔައީ އެ މައްސަލައާއި މެދު ވަކި ގޮތެއް ނުނިންމައެވެ.
އިލެކްޝަންސް ކޮމިޝަން މެމްބަރެއްގެ މަގާމު ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭ އެ މަގާމަށް އަލުން މީހަކު އައްޔަންކުރުމަށް ގާނޫނުން ލާޒިމްކުރެއެވެ.
ނަޝާތުގެ ދައުރު ހަމަވުމާއެކު އިލެކްޝަނުގައި ތިބެންޖެހޭ ފަސް މެންބަރުންގެ ތެރެއިން އެއް މެންބަރު މަދުވާނެ އެވެ. އަދި މި ދަނޑިވަޅަކީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކޮމިޝަނުން ފާސްކޮށްފައިވާ ދަނޑިވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ