އިންޖީނެއްގައި މައްސަލަ ޖެހި ކުޅުދުއްފުށިން ކަރަންޓް ކަނޑަނީ

ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ އިންޖީނެއްގައި މައްސަލަ ޖެހި، މުޅި ރަށުން ކަރަންޓްގެ ހިދުމަތް ކަނޑަމުންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ނެރެނު އިއުލާނެއްގައި ބުނެފައިވަނީ އެތަނުގައި ބޭނުންކުރަމުންދާ އިންޖީނެއްގައި މައްސަލަ ޖެހިފައިވަނިކޮށް އިތުރު އިންޖީނެއްގައި މައްސަލަ ޖެހިފައިވާކަމަށެވެ.
ކުރިން މައްސަލަ ޖެހި ނުހެދި ހުރީ 1000 ކިލޯވޯޓްގެ އިންޖީނެއްގައި އެވެ. ފަހުން މައްސަލަ ޖެހިފައިވަނީ 800 ކިލޯވޯޓްގެ އިންޖީނެއްގަ އެވެ.
އެހެންވުމުން ރަށުގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއަހަރުގެ އެޕްރީލް މަހާއި މެއިމަހުގެ އިންޖީނުތަކެއްގައި މައްސަލަ ޖެހި ކަރަންޓް ކެނޑި އެވެ. ކުޅުދުއްފުއްޓަށް ކަރަންޓް ދިނުމަށް 7 އިންޖީނެއް ބޭނުންކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ