54 މިލިއަން ޑޮލަރުގެ ހިއްސާ ދޫކޮށްލި ޝަންގްރިއް-ލާ ނުހުޅުވުނު

ރައީސް ސޯލިހުގެ ވެރިކަމުގައި ޝަންގްރިއް-ލާ ހިއްސާ ދޫކޮށްލިނަމަވެސް އެ ރިސޯޓު ހުޅުވޭ ގޮތެއް ނުވި އެވެ. އެންމެފަހުން ސަރުކާރުން ވަނީ ރެ ރިސޯޓް ނަގަން ނޯޓިސް ދީފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު އަވަސް އަރުވާލާފަ ސަރުކާރުގެ ހިއްސާ ދޫކޮށްލި އެވެ. އޭރު ބުނެފައިވަނީ ހިއްސާ ދޫކޮށްލުމާއެކު އައްޑޫގައި ހިންގާ އެންމެ ބޮޑު ޓޫރިޒަމް ފެސިލިޓީ ހުޅުވޭނެ ކަަމަށެވެ. ނަމަވެސް އޭރުވެސް މާހިރުން ބުނަމުން ދިޔައީ ހިއްސާ ދޫކޮށްލިނަމަވެސް އެ ރިސޯޓު ނުހުޅުވޭނެ އެވެ. ހިއްސާ ދޫކޮށްލަނީ ބަޔަކަށް އަމިއްލަ މަންފާއެއް ހޯދައިދޭށެވެ. ޝަންގްރިއް-ލާގެ ހިއްސާ ދޫކޮށްލިތާ ދެ އަހަރު ވެެގެން ދިޔައިރުވެސް ނުހުޅުވުމުން އެންމެފަހުން އެ ރިސޯޓު އަތުލަން ޓޫރިޒަމް މިނިސްޓްރީން ނޯޓިސް ދޭން ވަނީ ނިންމާފަ އެވެ. 
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ޕީއެސްއެމް އަށް ވިދާޅުވި ގޮތުގައި އެޓާނީ ޖެނެރަލް ވަނީ އެ ރިސޯޓަށް ނޯޓިސް ދީފައެވެ. އަދި ވިދާޅުވީ މި އަހަރުތޭގައި އެ ރިސޯޓު ހުޅުވުމުގެ ކަންކަމުގައި ހައްލު ލިބޭނެ އެވެ.
ޝަންގްރިއް-ލާ ހުޅުވަން ގިނަ އަޑުތަކެއް ރައީސް ސޯލިހުގެ ސަރުކާރުގައި އިއްވި އެވެ. ރައްޔިތުންގެ މަޖިލީހުން ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް ގަވާއިދުތައް ބަދަލު ކޮށްގެން އެކަންކަން ހިންގާލުމުން ހީވީ ދެންމެ ދެންމެ ޝަންގްރިއް-ލާ ހިނގައިގެންފާނެހެނެވެ. އެކަމަކު އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލިތާ މިދިޔަ އަހަރުގެ އޯގަސްޓް 28 އިން ތާރީހު ޖަހާއިރު އަށް މަސް ވެގެންދާއިރު ވެސް އެ ރިސޯޓު ހުޅުވޭނެ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. ރަށް އެ އޮތީ ގަލަށް ވެފައެވެ. 
އައްޑޫ ރައްޔިތުން އެދެމުން ދިޔައީ ގާވެފައި އޮތް އައްޑޫގެ އެންމެ ބޮޑު އެސްޓް ޝަންގްރިއްލާ ހުޅުވޭނެ ގޮތެއް ހަދައިދިނުމެވެ. ޝަންގްރިއް-ލާގައި އޮތީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އެވެ. އަދި ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ކުންފުނީގަ އެވެ. ހޮންގްކޮންގް ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއް-ލާއާއި ގުޅިގެން އައްޑޫ ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ވަނަ އަހަރު އެވެ. އެކަމު ހިނގަމުން ނުހިނގަމުން ދިޔަ ރިސޯޓުގައި މަރުތަޅު އެޅުވުނީ ކޮވިޑާ ގުޅިގެނެވެ. އެޅުވުނު އެ ތަޅު ނައްޓަން ހިފި ނަމަވެސް ސަރުކާރުން ކޮށްދޭން ޖެހޭ އެތައް ކަމެއް ބޮނޑިވެ އެކަންކަން އޮތީ ނުވެފަ އެވެ. މި ލިސްޓު އައްޑޫ އެއާޕޯޓުން ފެށިގެން ގައުމީ އެއާލައިންއިން ދޭން ޖެހޭ ހުވަދޫ އައްޑޫ ކަނެކްޝަނާ ހަމައިން ވެސް ނުނިމެނެ އެވެ. މި ސަބަބުތަކާހުރެ ޝަންގްރިއްލާ ވިލިނގިލި 2005 ގައި ހުޅުވިފަހުން ހިންގީ ގެއްލުމުގަ އެވެ. 
އެ ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމާ ބެހޭ ގޮތުން ވާހަކަ ދައްވަމުން ރައީސް ސޯލިހު ކުރީން ވިދާޅުވެފައިވާ ގޮތުގައި މި ހިއްސާ ދޫކޮށްލާނަމަ 70 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭނެ އެވެ."ކުންފުނި ހިންގާފައި ސްޓޭޓްމަންޓްތައް އެބަހުރި ސަރުކާރަށް ހުށަހަޅާފަ. ހިއްސާ ދޫކޮށްލަން ބެލިއިރުގައި މި ވޭތުވެދިޔަ ތަނުގައި ކުންފުނި ހިންގާފައި އޮތީ ގެއްލުމުގައި. އެހެން ގޮސް ސަރުކާރުގެ ހިއްސާއަކީ ކިހާވަރެއް ތޯ ބެލިއިރުގައި އެ އޮތީ ނެގެޓިވް،" ސޯލިހު ވިދާޅުވި އެވެ. ރައީސް ސޯލިހު މިހެން ވިދާޅުވި ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެ ކުންފުނިން ސަރުކާރުން ދޫކޮށްލަން ޖެހޭ ހިއްސާގެ އަގެއް ނޭނގެ އެވެ. އެކަމަކު ސަރުކާރުން ވަނީ ވެލިއުއޭޝަން ރިޕޯޓެއް ހަދާފަ އެވެ. ސަރުކާރުގެ ރަސްމީ އިދާރާތަކުން "މިރާ" އަށް ވަނީ އެ މުއާމަލާތްތައް ހިންގި ގޮތުގެ  ޓައިމް ލައިނެއް ދީފަ އެވެ.މި ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރުމަށް ޓަކައި ދިވެހި ސަރުކާރުގެ ހިއްސާ ހިމެނޭ ގޮތަށް ހަދައިފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ދިވެހި ސަރުކާރުގެ ހިއްސާ ވިއްކާލުމާބެހޭ ގަވާއިދުގެ ދަށުން އައްޑޫ އިންވެސްޓްމަންޓް ހިމެނޭ ހިއްސާގެ އަގު ދެނެގަތުމަށް މިނިވަން ވެލިއުއާ އެއް މެދުވެރިކޮށް ވެލުއޭޝަން ހަދާފައިވެ އެވެ. މިކަން ކޮށްފައި ވަނީ އޯގަސްޓް 2022 ވަނަ އަހަރު އެވެ.ކުންފުނީގެ ހިއްސާގެ އަގު ކުރުމުން އެނގުނު ގޮތުގައި މިގޮތުން ވެލިއުއޭޝަން ރިޕޯޓުން ފާހަގަ ކުރެވުނ،ީ ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު ސަރުކާރުގެ ހިއްސާގެ ޖުމްލަ އަގަކީ 54,316,800.00 މިލިއަން ޑޮލަރެވެ.
ސޮއި އެޅި ދުވަހު އޮތް ނޫސްވެރިންގެ ކުރު ބައްދަލުވުމުގައި ޝަންގްރި-ލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ބްރައިސް ލުނޯ ވިދާޅުވި ގޮތުގައި ހިއްސާ އޮތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބުމަކީ އާ ފެށުމެކެވެ. އެ ދުވަހުން ފެށިގެން ގިނަ އޮޕްޝަންތަކެއް ހުޅުވަން އެބަހުއްޓެވެ. އެހެންވެ ދެން ލަސް ނުވެ ހުޅުވިގެން ދާނެ އެވެ. އެކަމަކު އައްޑޫ ރައްޔިތުންގެ މި ހުވަފެނަށް އަހަރެއް ވެގެންދާއިރު ވެސް މި ރިސޯޓު ހުޅުމުގެ އެއްވެސް ކޮޅު މައްޗެއް މެދެން ނުފެނެ އެވެ. ހަމައެކަނިވީ ކަމަކީ ސަރުކާރުގައި އޮތް ހިއްސާއެއް ހިލޭ ދޫކޮށްލުމެވެ. އެ ދޫއްލުމުން ނުކުތް އެއްވެސް ނަތީޖާއެއް ނެތެވެ. 
ޝަންގްރިއް-ލާ ރިސޯޓް ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.މިދިޔަ އަހަރުގެ ކުރީކޮޅު އޮޕަރޭޝަނަށް ގެންނާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ