އުރީދޫން އާ އަހަރަށް އިތުރު އޮފާތަކެއް

އުރީދޫ މޯލްޑިވްސް އިން އާ އަހަރާ ދިމާކޮށް އިތުރު އޮފާތަކެއް ތައާރަފުކޮށްފި އެވެ.
އުރީދޫން ތައާރަފްކޮށްފައިވަނީ 5ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ހިމެނޭހެން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އައު އެޑް-އޮންތަކެކެވެ.
އެ އެޑްއޮންތަކަކީ:
– ޕަވާސްޕީޑް ޕްރޯ: އެންމެ 125 ރުފިޔާއަށް ހަލުވި ސްޕީޑްގައި އަންލިމިޓެޑް ޑޭޓާ އަދި ކޯލް، 25 ގަޑިއިރަށް
– ޕަވާސްޕީޑް: 25 ޖީބީ ޑޭޓާ އަދި އުރީދޫ ކޯލްތައް އެންމެ 25 ރުފިޔާއަށް، 60 ގަޑިއިރަށް
މި އާ 5ޖީ އެޑް އޮންތަކުގެ އިތުރުން، އުރީދޫ އިން ވަނީ ބޮޑެތި ޑޭޓާ އާއި އެކު މިނޫންވެސް އާ އަހަރުގެ އޮފާތައް ތައާރަފްކޮށްފައިވާ ކަމަށް އުރީދޫން ބުނެ އެވެ.
އެގޮތުން ތައާރަފްކޮށްފައިވާ އޮފާތަކަކީ:
– 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ އާޗާ ޕްރޕެއިޑް، އުރީދޫ ޑޭޓާ އަދި މަގޭ ޕްލޭންތައް
– 150 ޖީބީ އެންމެ 150 ރުފިޔާއަށް ލިބޭ ބޮޑު ޗުއްޓީ ޕެކް، 5 ދުވަހަށް
– ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭނަތަކާއި އެކު 12 މަހަށް، 6 މަހަށް އަދި 3 މަހަށް ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތައް
އާ އަހަރާ ގުޅުވައިގެން އުރީދޫން ތައާރަފުކުރި މި އޮފާތަކަށް އަންނަ މަހުގެ ނިޔަލަށް އެދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ