ފުލުހުންގެ 75 މަރުކަޒު އަޅަން ސޮއިކޮށްފި

ރާއްޖޭގެ 75 ރަށެއްގައި ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އިއްޔެ ހަވާލުކޮށްފި އެވެ.އެ މަޝްރޫއުތައް ފެށުމަށް ފުލުހުން ރޭ ސޮއިކުރީ އެމްޓީސީއާއި ފެނަކަ ކޯޕަރޭޝަންގެ އިތުރަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެކުގަ އެވެ.ފުލުހުން ބުނީ، އެ ކުންފުނިތަކާ އެއްކޮށް ސޮއިކުރީ އިންފްރާންސްޓަކްޗާގެ 75 މަޝްރޫއެއް ފެށުމަށް ކަމަށާއި މި އަހަރަކީ އުމްރާނީ ތަރައްގީގެ އަހަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ގޮތް:އާރުޑީސީ - 20 ޕޮލިސް ސްޓޭޝަންއެމްޓީސީސީ - 15 ޕޮލިސް ސްޓޭޝަންފެނަކަ ކޯޕަރޭޝަން - 40 ޕޮލިސް ސްޓޭޝަންފުލުހުން ބުނި ގޮތުގައި، މި ދައުރުގެ ޚިދުމަތް ފެށިއިރު ފުލުހުންގެ ޚިދުމަތް ގާއިމުނުވާ 70 ރަށް އެބައޮތެވެ. ރޭ ސޮއިކުރި އެއްބަސްވުންތަކާ އެކު، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ޚިދުމަތް ގާއިމުނުވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތާ އެއްކޮށް ފުލުހުންގެ ޚިދުމަތް ގާއިމުކުރެވޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ.މީގެ އިތުރުން، މަޝްރޫއުތައް ނިމޭއިރު، މީހުން ދިރިއުޅޭ ރަށްތަކުގެ ދެބައިކުޅަ އެއްބައި ރަށްރަށުގައި ފުލުހުންގެ އަމިއްލަ ޒަމާނީ މަރުކަޒުތައް ގާއިމުކުރެވޭނެ ކަމަށާއި ފުލުހުންގެ ބަޖެޓުގެ ޚަރަދު ކުޑަކޮށް، ޚިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުވާނެ ކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ.މި މަޝްރޫއުތަކުގެ ތެރޭގައި، ރީޖަނަލް ލެވެލާއި އަތޮޅު ލެވެލްގެ ތަންތަނާއި ރަށް ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތަކުގެ އިތުރަށް ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތްތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ