ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑލައިން ނެރެފި އަލީ އިހުސާންގެ މައްޗަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ، ފާހެއްނުވި! ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ އިސްލާހު ކޮމިޓީއަށް! ޙަސީނާއަށް އިސްތިޢުފާ ދެއްވުމަށް މަޖުބޫ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު. އަންނަ ބުރާސްފަތި ދުވަހު އާންމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދ. ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިޖަލްސާގައި ރައީސް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓު މި އަންނަ ބުރާސްފަތީގައި އާންމުކުރެވޭނެ ކަމަށާއި އެ ލިސްޓުގައި ލިބޭ މީހުންގެ މައުލޫމާތުގެ އިތުރުން ނުލިބޭ ނަމަ، ނުލިބޭ ސަބަބު ވެސް ބަޔާންކޮށްފައިވާނެ ކަމަށެވެ.
ފްލެޓް ލިސްޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ރަމަޟާންމަހުގެ ކުރިން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރައްވާނެކަމަށް އެކި ފަހަރުމަތިން ދެންނެވިނަމަވެސް އެކަމާ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ. އެހެންނަމަވެސް ރަމަޟާންމަހުގެ ކުރިން ލިސްޓު އާންމުކުރައްވާނެކަމަށް ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވާ ރައީސް ވަނީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ