ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެއްޖެ

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު، އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައިވަނީ ވިއްސާރަ ދުވަހަކަށްވުމުންނާއި ސްކޫލުތަކާއި އޮފީސްތަކަކީ އިއްޔެ ބަންދު ދުވަހަކަށްވުމުގެ ސަބަބުން ކަމަށެވެ.
”އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުންކޮށްފައިވާ އިރު، ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖުކޮށް ހުރީ 100 މެގަވޮޓްއިން މަތީގައި،“ ސްޓެލްކޯ އިން ބުންޏެވެ.
ރޯދަމަހަކީ އާންމު ގޮތެއްގައި ކަރަންޓު ބިލު ބޮޑުވާ މަހެކެވެ.
އެހެންވެ ސަރުކާރުން ވަނީ ރޯދަމަހުގެ ކަރަންޓު ބިލުން 10 ޕަސަންޓު ޑިސްކައުންޓު ވެސް ދިނުމަށް ނިންމަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ