މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 21، އިތުރު 10 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް ފުލުހުން އޭނާ ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސްފަހުން މިމަހުގެ 24، ގަ އެވެ.
އަދަދު އަށް އެނގިފައި ވާގޮތުގައި ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތުގަ އެވެ. އޭގެއިތުރުން މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމަށް ވެސް ފުލުހުން އޭނާއަށް ތުހުމަތު ކޮށްފައިވެ އެވެ.
އޭނާ ހައްޔަރު ކޮށްގެން ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އަމުރު ކުރީ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށެވެ.
ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ މިމަހުގެ 18 ވަނަ ދަވަހުގެ ހެނދުނު އެވެ. ރައުދު އަކީ ޔުމްނު ވެއްޓުމާ ހަމައަށް ހ. ފެންޓެނޯއީ ގޭގައި ޔުމްނު އާއެކު އުޅުނު މީހާ އެވެ.
ޔުމްނު އާއި ރައުދު ހ. ފެންޓެނޯއީ ގޭ ތެރޭގައި އުޅޭ މަންޒަރު އެ ގޭގެ ސީސީޓީވީ ފުޓޭޖުންނާއި އެ ގޭ ބޭރުގައި، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުތަކުން ފެނެ އެވެ.
އެ ގެއިން ޔުމްނު ވެއްޓުމުން އޭނާ ހޯދުމަށް 30 ވަރަކަށް މިނެޓު މަސައްކަތް ކުރުމަށްފަހު ރައުދު ދިޔައީ އެއްވެސް އިދާރާއަކަށް އެކަން ރިޕޯޓު ވެސް ނުކޮށެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.
އިތުރު 10 ދުވަހަށް ރައުދު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އިތުރު 10 ދުވަހަށް ރައުދު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ