މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓިސީސީން ކުރިއަށްގެންދާ ބ.އަތޮޅު މާޅޮހު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 68 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
މާޅޮހު ބަނދަރުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 2023 ވަނަ އަހަރުގެ މާރޗްމަހުގެ އެއްވަނަ ދުވަހުއެވެ. މާޅޮހު ބަނދަރުގެ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާޅޮހު ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ ޕޯސްޓް
މާޅޮހުގައި ތަރައްޤީކުރަމުންދަނީ 700 ފޫޓު ދިގު ބަނދަރެކެވެ. ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ 69.47 މިލިއަން ރުފިޔާގެ އަގަކަށެވެ. ކުރިން މާޅޮހުގައި ކުރިން އޮތީ 300 ފޫޓް ދިގު 180 ފޫޓް ފުޅާ ބަނދަރެކެވެ. މާޅޮހު ބަނދަރު އަލުން ހެދުމުގެ މަސައްކަތް ފަށާފައިވަނި އެރަށު ބަނދަރުގެ މައްސަލަ ބޮޑުވެފާ އޮންނަތާ 11 އަހަރުފަހުންކަމަށް ރަށު ރައްޔިތުން ފާހަގަކުރެއެވެ.
މާޅޮހު ބަނދަރަކީ 1999 ވަނަ އަހަރު އަމިއްލަ ފަރާތަކުން ހަދައިދީފައިވާ ބަނދަރެކެވެ. އެ ބަނދަރުގެ ހާލަތު ގޯސްވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުންނެވެ.
ބ.މާޅޮހު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 68 އިންސައްތަ ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ