މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ނުފެށޭ އެއްވެސް ރަށެއް ނުހުންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ޤައުމުގެ އަމަން އަމާންކަން ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަހަރު ނިމޭއިރު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިގެންދާނެ ކަމަށެވެ.
ރައީސްގެ ބަޔާނުގައިއެމަނިކުފާނުގެ ސަރުކާރުގައި 27 ރަށެއްގައި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިންމައި ހުޅުވާފައިކަން ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ 39 ރަށުގައިވެސް މިއަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމުގެ އަމަން އަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބޭނެ މަގު ތަނަވަސްވެގެންދާނެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ