ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ގަދަ ވާނީ މިއަދާއި މިރޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިިހިނެއް؟ - ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާތާ މިހާރު ދެތިން ދުވަސް ވެއްޖެ އެވެ. މެޓުން ބުނާ ގޮތުގައި، މިއީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުމަށް ފެށެންވީމާ ކުރާ ވިއްސާރަ ނުވަތަ ދެ މޫސުން ބެދޭ ވިއްސާރަ އެވެ.
ތަފްސީލް - މެޓުން ބުނި ގޮތުގައި:
މިރެ އާއި މާދަމާ ވެސް ވިއްސާރަ ކުރާނެ؛ އެކަމަކު މާދަމާ އެހާ ގަދަވާނެ ކަމަކަށް ނުބެލެވޭ
ހަފުތާ ބަންދުގައި މޫސުން އަލިވާނެ ކަމަށް ބެލެވޭ
"ހުކުރާ ހަމައަށްދާއިރު ވައި ވެސް މަޑުވެ، ކަނޑުތައް ވެސް މަޑުވާނެ ކަމަށް ބެލެވެނީ. އެހާ ތަނަށް ދާއިރު މޫސުން ރީތިކޮށްލާނެ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރާއްޖެއަށް އާއްމުކޮށް ހުޅަނގު މޫސުން ފެށެނީ މެއި މަހުގެ ދެ ވަނަ ހަފުތާގެ ތެރޭގަ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްކޮށް އުޅޭތީ އެއްގަމާއި ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވާން ފުލުހުން ވެސް ވަނީ އެދިފަ އެވެ.
އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުވާންވީ ކަންކަން:
ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުން
ވިއްސާރައިގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުން
ވަޔާ އެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓު ބޭނުން ކުރުން
ބުރުގާ އަޅާ މީހުން، ވަޔާ އެކު ބުރުގާ މޫނުމައްޗަށް ނުދާނެެހެން ބެހެއްޓުން
އުޅަނދު ދުއްވާއިރު، ހިނގާ މީހުންނަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުން
ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުން
ކަނޑު އުޅަނދު ދުއްވާއިރު ސަމާލުވާންވީ ކަންކަން:
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެއްކުރުން
ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް އުޅަނދަށް މީހުންނާއި މުދާ ނޭރުވުން
ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުން
އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުން
އެންމެ މޫސުން ގޯސްވާނީ މިއަދާއި މިރޭ: މެޓު އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ