އިމްރާންގެ 'ގްރައުންޑު ޒީރޯ' އެމޭޒަން ޕްރައިމްއަށް
މި އަހަރުގެ އޭޕްރިލް މަހު ސިނަމާތަކަށް ގެނައި އެކްޓަރު އިމްރާން ހާޝްމީގެ އެކްޝަން ތުރިލާ ފިލްމު "ގްރައުންޑު ޒީރޯ" އެމޭޒަން ޕްރައިމްގައި ސްޓްރީމްކުރަން ފަށައިފިއެވެ. ތެޖަސް ޕްރަބާ ވިޖޭ ޑިއޯސްކަރު ޑައިރެކްޓްކޮށް ރިތޭޝް ސިދުވާނީ އާއި ފަރުހާން އަޚްތަރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ، ފަރުހާންގެ އަމިއްލަ ފިލްމު ކުންފުނި އެކްސެލް އެންޓަޓެއިންމަންޓްއިން ގެނެސްދިން ފިލްމެކެވެ. މި ފިލްމުން އިމްރާންއާ އެކު ދެން ފެނިގެންދިޔަ ފިލްމީ ތަރިންނަކީ، ސައި ތަމްހާންކަރު، މުކޭޝް ތިވާރީ އަދި ޒޯޔާ ހުސެއިންއެވެ. އެމޭޒަން ޕްރައިމްގައި މި ފިލްމު ސްޓްރީމްކުރަން ފެށުމާ އެކު 240އަށް ވުރެ ގިނަ ޤައުމުތަކަށް ފިލްމު ފެނުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. ކަޝްމީރުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ބެލުންތެރިންނަށް އިމްރާން ފެންނާނީ ޖެހިލުންކުޑަ ހިތްވަރުގަދަ އަސްކަރީ އޮފިސަރެއްގެ ރޯލްއިންނެވެ. މި ފިލްމުން އިންޑިއާއެގ ސެކިއުރިޓީ ފޯސްގެ ހިތްވަރުގަދަކަމާ އެކު ޓެރަރިޒަމަށް އެ ޤައުމުގައި ފުރުސަތު ނޯންނާނެ ކަމުގެ ވަރުގަދަ މެސެޖެއް ފޯރުކޮށްދެއެވެ. އިމްރާން ފިލްމު "ގްރައުންޑު ޒީރޯ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު "ޓައިގާ 3"ގެ ވިލެންގެ ރޯލް ކުޅެފައިވާ އިމްރާން އެންމެފަހުން ބެލުންތެރިންނަށް ފެނުނު ފިލްމު "އޭ ވަޠަން މޭރޭ ވަޠަން"އަކީ ވަޠަނީ ފިލްމެކެވެ. އިމްރާނުގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ބަލާއިރު ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތް ތެލުގޫ ފިލްމު "އޯޖީ"، ދާދިފަހުން އެކްޓަރު އިއުލާނުކުރި "އާވާރާޕަން 2" އަދި ތެލުގޫ ފިލްމު "ގޮޑާޗާރީ 2" ހިމެނެއެވެ. މީގެއިތުރުން އިމްރާން ވަނީ ވަކި ނަމެއް ހަމަޖެހިފައި ނުވާ ފިލްމެއްގެ މަސައްކަތް ވެސް ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ