މާލެއަށް މޫސުން ވަރަށް ގޯސް، ލަފާ ކުރަނީ ފެންބޮޑު ވާނެ ކަމަށް
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ލ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއީން ދެންމެ ރީނދޫ ސަމާލުު ނެރެފިއެވެ. އެއަތޮޅުތަކަށް މެޓުން ސަމާލު ނެރުނުއިރު، މިހާރު މާލެއަށް އަންނަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންނެވެ. ފެންބޮޑު ވެދާނެ ކަމަށް ލަފާކޮށް, ސިފައިންނާއި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މެޓުން އެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ، ހެނދުނު 10:45 އިން މެންދުރު ފަހު 14:00ގެ ނިޔަލަށެވެ. https://x.com/MetMaldives/status/1909842000087859474 އެއާއެކު، ކ. އަތޮޅުން ލ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް އެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި، އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން މައުލޫމާތުދިނެވެ. މި ވިއްސާރައާ ގުޅިގެން މެޓުން 'ސަން'އަށް ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، އަންނަ ހުކުރު ދުވަހު ވާރޭ ތުނިކޮށްލާނެ ކަމަށާއި މޫސުން އަލިވާނީ ހޮނިހިރު ދުވަހު ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތުދީފައެވެ. މާލޭގެ އިތުރަށް އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކަށް ވެސް އަންނަނީ ވިއްސާރަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ