ބަނޑަށް 9މަސް ފުރިފައިހުރި މާބަނޑު އަނބިމީހާ މަރާލައިފި ކެރެލާގައި ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލްވާން އެދިއްޖެ 6 އަހަރު ކުރީގެ ހާދިސާ އަކާ އެއްގޮތް މަރުގެ ހާދިސާ އެއް އަނެއްކާވެސް‏ ހިނގައިފި މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް އިންޑިއާ

ޖަންމޫ ކަޝްމީރުގެ ޕަހަލްގާމްގައި މިދިޔަ އަންގާރަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ހޫނުވެ، އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެ ރޭ ވެސް ދެ ގައުމުގެ ސިފައިންގެ މެދުގައި ބަޑީގެ ހަމަލާ ބަދަލުކޮށްފި އެވެ.
ވާދަވެރި ނިއުކްލިއާ ދެ ބާރުގެ ގުޅުން މިއިން ދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެ ބިރުވެރިކަން ބޮޑުވެފައި ވާއިރު އދ. އިން ވެސް ވަނީ ދެ ގައުމު ސުލްހަވެ އިތުރަށް ކަންކަން ގޯސްވިޔަނުދޭން އިލްތިމާސްކޮށްފަ އެވެ. އަދި ދެ ގައުމު ސުލްހަކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސައޫދީ އަރަބިއްޔާއިން ވެސް ވަނީ ބުނެފަ އެވެ.
އިންޑިއާގެ ކޮންޓްރޯލް ދަށުގައި އޮންނަ ޖަންމޫ ކަޝްމީރުގެ ޕަހަލްގާމްގައި މިދިޔަ އަންގާރަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި 26 މީހަކު މަރުވެ 36 މީހަކު ވަނީ ޒަޚަމުވެފައެވެ. މި ހަމަލާގެ ފަހަތުގައިވާ ފަރާތްތައް އަދި ހައްޔަރުކުރެވިފައިނުވާ ކަމަށާއި މި ހަމަލާދިން ޖަމާއަތެއް ވެސް އަދި އިންޑިއާއަށް ދެނެގަނެވިފައިނުވާ ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.
މި ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާން ކަމަށް ދޭހަވާ ގޮތަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވާހަކަދައްކަވައި އިންޑިއާ ޕާކިސްތާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަން ފެށުމުން ޕާކިސްތާނުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ސްޕޮންސާ ކުރާކަމުގެ ތުހުމަތު ޕާކިސްތާނުން އިންޑިއާގެ މައްޗަށް ވަނީ ކޮށްފައެވެ.
އިންޑިއާއިންވަނީ ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލިކަން ވެސް އިއުލާންކޮށްފައެވެ. މީގެ އިތުރުން އިންޑިއާއާއި ޕާކިސްތާނުން ފެން ހިއްސާކުރާ ކޯރެއްކަމަށްވާ ސިންދު ކޯރުގެ ފެން ހިއްސާކުރުމަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލިކަން ވެސް އިންޑިއާއިން ވަނީ އިއުލާން ކޮށްފައެވެ.
މި މައްސަލައާއި އެކު މަސްރަހު ހޫނުވެ ކަޝްމީރުގެ އިންޑިއާ ފަޅި އާއި ޕާކިސްތާނު ފަޅިން އިއްޔެ ރޭ ވެސް އެއްބަޔަކު އަނެއް ބަޔަކަށް ވަނީ ހަމަލާދީފައެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނީ ހުކުރު ދުވަހުން ފެށިގެން ޕާކިސްތާނުގެ އަސްކަރިއްޔާގެ “ގިނަ” ޕޯސްޓުތަކުން “ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އާދައިގެ ލުއި ހަތިޔާރުން ހަމަލާ ދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ