ކްރިމިނަލް ކޯޓުގެ ގާޒީ ސަސްޕެންޑް ކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ސަސްޕެންޑްކޮށްފިއެވެ.
ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒާއި ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އެ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ގާޒީ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އިއްޔެއިން ފެށިގެން އަންގާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފައި ވަނީ 60 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ގާޒީ ފާއިޒާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައިގެ އެއްވެސް މައުލޫމާތެއް ޖޭއެސްސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ